logo
މާފަންނުގައި ހުރި ގެއަކުން އަންހެނަކު މަގުމައްޗަށް ފުންމާލަން މަސައްކަތް ކުރުން / ފޮޓޯ: އަސްލު ޓީވީ

މާފަންނުގައި ހުރި ގެއަކުން އަންހެނަކު މަގުމައްޗަށް ފުންމާލަން މަސައްކަތް ކުރުން / ފޮޓޯ: އަސްލު ޓީވީ

މާފަންނު ގެއަކުން އަންހެނަކު ފުންމާލަން މަސައްކަތްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 03 މޭ 2026 - 02:09

މާލޭގެ މާފަންނުގައި ހުރި ގެއަކުން އަންހެނަކު ފުންމާލަން މަސައްކަތްކޮށްފިއެވެ.

https://wamco.com.mv/

މި އަންހެން މީހާ އެގޭގެ ތިންވަނަ ފަންގިފިލާއިން ފުންމާލަން މަސައްކަތްކުރީ ރޭ ފަތިހު 4 ޖަހާކަށް ހާއިރުއެވެ.

މި ހާދިސާ ހިނގިތާ އިރުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސް އާއި ފުލުހުން ވަނީ އެ ސަރައްދުގައި ހަރަކާތްތެރިވެފައެވެ.

އަންހެން މީހާ ބޭރަށް ފުންމާލަން އުޅޭކަން ގޭ މީހުންނަށް އެނގިގެން އޭނާ ވަނީ ފުންމާލިޔަ ނުދީ ސަލާމަތް ކޮށްފައެވެ.

އެމްއެންޑީއެފް ރެސްކިއު ޓީމުން ވަނީ އެމީހާ ފުންމާލަފާނެ ސަރަހައްދުގައި ފުންމާލަން އުޅުނު ވަގުތު ރެސްކިޔު އެއަރ ބެޑެއް ބާއްވާފައެވެ.

މިއަންހެން މީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk