logo

ބަންގްލަދޭޝަށް ކުރަމުން އަންނަ މޫސުމީ ވިއްސާރައާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

profile

މުޙައްމަދު ފަޟްލޫން - 12 ޖުލައި 2026 - 18:46

ބަންގްލަދޭޝްއަށް ކުރިމަތިވެފައިވާ މޫސުމީ ބޯވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަންގްލަދޭޝްއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެޤައުމުގެ ވަގުތީ ސަރުކާރުގެ އިސް މުޝީރު މުޙައްމަދު ޔޫނުސްއަށާއި ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތައުޒިޔާ އާއި ހަމްދަރުދީ ފޮނުއްވާ ކަމަށެވެ.

މި ހިތާމަވެރި ހާދިސާތަކުގައި ފުރާނަ ގެއްލިދިޔަ ފަރާތްތަކުގެ އާއިލާތަކަށާއި، ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އެންމެހައި ފަރާތްތަކަށް ކެތްތެރިކަން ދެއްވުން އެދި އެމަނިކުފާނު ދުޢާކުރެއްވިއެވެ. މީގެއިތުރުން، މިފަދަ ދަތި ދަނޑިވަޅެއްގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ބަންގްލަދޭޝްގެ ރައްޔިތުންނާއެކު ސާބިތުކަމާއެކުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކަށް ކުރިމަތިވެފައިވާ މި މޫސުމީ ކާރިސާގައި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 44 އަށްވުރެ ގިނަ މީހުން ވަނީ ފުރާނަ ގެއްލިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk