
ޝާހްރުކް އޭނާގެ ފޭނުންނަށް ސަޕްރައިޒެއް ދީފި!

ޢާއިޝަތު ޢަލީ - 10 ޖޫން 2023 - 14:55
ޝާހްރުކް ޚާންގެ އެތައް ހާސް ފޭން ފޮލޯވަރުންނެއް ތިބެއެވެ. ސަޕޯޓަރުންގެ ބޮޑު ބައިގަނޑެއް މުމްބާއީގެ ބަންދްރާގައި ހުންނަ އޭނާގެ ގެ، މަންނާތްގެ ބޭރުގައި އެއްވެ އޭނާގެ ކުޑަ ހިލަމެއްނަމަވެސް ހޯދުމުގެ މަސައްކަތް އަބަދުވެސް ކުރެއެވެ. އަދި ދޭތެރެ ދޭތެރެއިން ޝާހްރުކް އޭނާގެ ގޭގެ ބެލްކަނީއަށް ނުކުމެ ސަޕޯޓަރުންނާ ވާހަކަ ދައްކާލައި އެމީހުންނަށް ސަޕްރައިޒް ދެއެވެ.
އެގޮތުން 10 ޖޫން އަކީ އެފަދަ ދުވަހެކެވެ. ޝާހްރުކް ޚާން އޭނާގެ ގޭގެ ބެލްކަނީއަށް ނުކުމެ ފޭނުންނާއި ބައްދަލުކޮށްފިއެވެ. އޭނާގެ ފޭނުންނަށް "ފްލައިން ކިސްތައް" ފޮނުވިތަން ފެނިފައިވާއިރު، އޭނާގެ އައިކޮނިކް ޕޯޒްއަށްވެސް ހުއްޓިލައިގެން ހުއްޓެވެ. މީގެއިތުރުން، ޝާހްރުކް ވަނީ އޭނާގެ ބްލޮކްބަސްޓާ ފިލްމު ޕަތާންގެ ލަވަ، " ޖޫމޭ ޖޯ ޕަތާން" ގެ ހޫކް ސްޓެޕް ވެސް ޕާފޯމްކޮށްފައެވެ. ސަޕޯޓަރުން ވަނީ ބާރަށް އަތްޖަހާ އުފާފާޅުކޮށް، ލޯބިތައް އޭނާއަށް ބަންޑުން ކޮށްލާފައިއެވެ.
ދަރިފުޅު އާރިޔަން ޚާންގެ ހެދުން ބްރޭންޑްގެ ހުދުކުލައިގެ ސްވެޓްޝާޓެއްގައި ޝާހްރުކް ޚާން ފެނުނުއިރު، އޭނާ ތިރިން ލާފައިހުރީ ފޭޑް ބްލޫ ޑެނިމް ޖީންސް އަކާއި އެކު، އަރައިގެން ހުރީ ހުދުކުލައިގެ ސްނީކަރސް އަކަށްށެވެ.
އެސްއާރުކޭގެ ސަޕޯޓަރުން މިކަން ކޮށްފައިވަނީ ، އޭނާގެ އައިކޮނިކް ޕޯޒް އެންމެ ގިނައިން ދައްކާ ގިނިސް ވޯލްޑް ރެކޯޑެއް ހެދުމުގެ މަގްސަދުގައިކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ކިންގް ޚާންގެ ގާތްގަނޑަކަށް 300 "ޑައިހާޑް" ފޭނުން ތިބީ އޭނާގެ ގޭގެ ބޭރުގައި އައިކޮނިކް ޕޯޒް ހަދައި ދެއަތް ފުޅާކޮށްގެންކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ޝާހްރުކް އަކީ ދުނިޔޭގައިވެސް ވަރަށް މަޝްހޫރު ސުޕަރސްޓާރެކެވެ.
ގުޅުން ހުރި ޙަބަރުތައް

ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިގެން ހޯދަން ފަށައިފި
3 ގަޑިއިރު ކުރިން

ހުސްވި މަހު ރަސްމީ ރިޒާވްގައި ހުރީ 717.9 މިލިޔަން ޑޮލަރު: އެމްއެމްއޭ
4 ގަޑިއިރު ކުރިން

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ހިންގަން ޑޮކްޓަރ މުޙައްމަދު މާހިދު ޝަރީފު ހަމަޖައްސައިފި
4 ގަޑިއިރު ކުރިން

މިއީ ނަޝީދު ވާދަކުރަންވީ އިންތިހާބެއް ނޫން: ރައީސް ސޯލިހް
4 ގަޑިއިރު ކުރިން


.gif&w=3840&q=75)