logo
ވޯޓުލާ މަރުކަޒެއްގައި ވޯޓުގެ މަސައްކަތް ކުރިއަށް ދަނީ

ވޯޓުލާ މަރުކަޒެއްގައި ވޯޓުގެ މަސައްކަތް ކުރިއަށް ދަނީ

ބައި އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވަން ފާސްކޮށްފި

profile

ޝުރުފާ މުހައްމަދު - 07 އޯގަސްޓު 2024 - 10:52

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

https://wamco.com.mv/

ބައި އިލެކްޝަންތައް ބާއްވާ ތާރީޚަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ދެ ބިލު ފާސްވީ 67 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހުތައް ފާސްކުރަން ނުފެންނަ ކަމަށް ހަތް މެންބަރުން ވޯޓު ދެއްވި އެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހެ އެވެ. މިކަމުގެ ސަބަބުން އަހަރެއްގެ ތެރޭގައި ބައި އިލެކްޝަންތަކަށް އެކަނި ވެސް ބޮޑު ޚަރަދަކާއި، އިދާރީ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ފާޅުކޮށްފައިވެ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ މި އިސްލާޙު ފާސްވެ ތަސްދީގުކުރެއްވުމާއި އެކު ދެން އިންތިޚާބު ބާއްވަން ޖެހޭނީ 183 ދުވަހަށް ވުރެ ދިގު އަދި 120 ދުވަހަށް ވުރެ ކުރު ނޫން މުއްދަތެއްގެ ތެރޭގަ އެވެ. އެއީ އަހަރަކު ދެ ފަހަރު އެވެ.

ދެވަނަ އިސްލާހަކަށް ފާސްކޮށްފައި ވަނީ ސަރުކާރުން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހެވެ. މި އިސްލާހަކީ ކަނޑައަޅާފައިވާ ތާރީޚަށް ވުރެ އަވަސް މުއްދަތެއްގައި އިންތިޚާބު ބޭއްވޭނެ ހާލަތްތައް ބަޔާންކުރާ އިސްލާހެކެވެ. އެއީ މެންބަރެއްގެ ގޮނޑި ހުސްވުމުގެ ސަބަބުން ޖަލްސާ ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަ ނުވާ ނަމަ މިހާރު ވެސް ގާނޫނުގައި އޮންނަ ގޮތަށް 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށް އިސްލާހުގައި ވެއެވެ.

މީގެ އިތުރަށް ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމް ހުސްވެއްޖެ ނަމަ އެ މަގާމު ހުސްވާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ ކަމަށާއި، ކައުންސިލްގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ 30 ދުވަސް ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ވެ އެވެ. އަދި ނައިބު ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވާއިރު، ރައީސް ނުވަތަ މޭޔަރުގެ މަގާމް ވެސް ހުސްވެފައިވާ ނަމަ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ވެ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay