logo

މިފްކޯއަށް ސީއީއޯއެއް ނުލިބިގެން، އަލުން އިއުލާންކޮށްފި

profile

ޝުރުފާ މުހަންމަދު - 29 ސެޕްޓެމްބަރު 2024 - 13:45

މިފްކޯ

މިފްކޯ

މިފްކޯއަށް ސީއީއޯ އެއް ހޯދަން އަލުން އިއުލާން ކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން މިފްކޯއަށް ސީއީއޯ އަކު ހޯދުމަށް އެންމެ ފުރަތަމަ ކުރި އިއުލާންގެ މުއްދަތު ހަމަވެގެން ބާތިލްކުރީ މިދިޔަ ޖޫން މަހުގައެވެ.

އެ މަގާމަށް މީހަކު ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މި ސަރުކާރުން އެ މަގާމަށް އައްޔަންކުރި އަހުމަދު ސަމާހު ރަޝީދުގެ މައްސަލަތަކެއް ބެލުމަށް ފަހު އޭނާ މަގާމުން ވަކިކުރި ފަހުންނެވެ.

ޕީސީބީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، މިފްކޯގެ ސީއީއޯގެ މަގާމަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށެވެ. އެ މަގާމަށް ބިދޭސީންނަށް ވެސް ކުރިމަތިލެވޭ އިރު، އެ މަގާމަށް މީހަކު އައްޔަންކުރާނީ ހަތަރު އަހަރަށެވެ.

މިފަހަރު އެ މަގާމަށް ހުޅުވާލައި އިއުލާންކުރި އިރު، ކުރީގެ އިއުލާނުގައި ކަނޑައަޅާފައިވާ މުސާރައަށް ވުރެ މަގާމުގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން މަގާމުގެ މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 12،000 ޑޮލަރު ނުވަތަ 185،040ރ. އާއި 15،000 ޑޮލަރު ނުވަތަ 231،300ރ. ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މީގެ ކުރިން މުސާރައިގެ ގޮތުގައި ހުށަހަޅާފައި ވަނީ 9،500 ޑޮލަރު ނުވަތަ 146،000ރ އާއި 12،000 185،000ރ. ދެމެދުގެ އަދަދެކެވެ.

https://wamco.com.mv/
tel:+9607331319