logo

ނަފްސާނީ ދުޅަހެޔޮކަމަށް ދުވަހެއް ހާއްސަކުރުން މުހިއްމު: މިނިސްޓަރު

profile

މަރްޔަމް އުމްނާ އިސްމާޢީލް - 10 އޮކްޓޯބަރު 2024 - 18:19

ހަޔާ އެޑިއުކޭޝަން މިނިސްޓަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު

ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ދުވަހެއް ބޭނުންވާނަމަ، އެކަމަށް ދުވަހެއް ހުސްކޮށްލުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅުވައި އެ މިނިސްޓްރީގެ މުވައްޒަފުންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކައިގަ އެވެ. މިނިސްޓަރު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ތިމާގެ ނަފްސަށް ކުޑަ ވަގުތުކޮޅެއް ހުސްކޮށްލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. .

މިނިސްޓަރު ވިދާޅުވީ ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަންދޭ ފަދައިން، ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ސަމާލުކަން ދޭންޖެހޭކަމަށެވެ. އެގޮތުން، ވަޒީފާގެ މާހައުލަކީ ނަފްސާނީ ގޮތުން ބުރަވެދާނެ ތަނެއްކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިރިއުޅުމުގެ ގިނަ ވަގުތުތަކެއް ހޭދަކުރަނީ މަސައްކަތުގެ މާހައުލުގައި ކަމަށްވާތީ، އެ ތަނަކީ އަމިއްލަ ނަފްސާމެދު ރަނގަޅު އިހްސާސްތަކެއް ކުރެވޭ ތަނަކަށް ވާންޖެހޭ ކަމަށެވެ.

އަދި ކޮންމެ މީހަކަށް ވެސް ރަނގަޅު ދުވަސްތަކާއި ދެރަ ދުވަސްތައް އަންނާނެކަމަށާއި، އެފަދަ ދުވަހެއްގައި ތިމާގެ ނަފްސާނީ ހާލަތު ދެރަވެއްޖެނަމަ، އެކަން ބުނުމަކީ މައްސަލައެއް ނޫންކަމަށެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ދުވަހެއް ބޭނުންވާނަމަ، އެދުވަސް ނެގުން މުހިންމުކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މަސައްކަތުގެ މާހައުލުގައި ހަނދާންކޮށް ބްރޭކް ނެގުން ވަރަށް މުހިންމު! ކުޑަ ހިނގާލުމެއް، އެހެން މުވައްޒަފަކާއެކު ވާހަކަދެއްކުމެއް، ނުވަތަ ހަމައެކަނި ފަސް މިނިޓަށް ސްކްރީނުން ދުރަށް ޖެހިލުން ވެސް ވަރަށް ބޮޑު ބަދަލެއް ގެނެސްދޭނެ. އަދި މަސައްކަތް ނިމުމަށްފަހު އޮފީސް މަސައްކަތުން ދުރުވުމަށް ހަނދާންކުރޭ. އަޅުގަނޑުމެން އެންމެންނަށްވެސް ބޭނުންވަނީ އަލުން ހަކަތަ އާކުރާނެ ވަގުތެއް"

މަސައްކަތުގެ މާހައުލުގައި އެކަކު އަނެކަކަށް އަޅާލުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

https://wamco.com.mv/
tel:+9607331319