logo

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި 7 މީހަކަށް ދައުވާ ކުރަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 21 އޯގަސްޓު 2024 - 12:29

ޕީޖީ ޝަމީމް

ޕީޖީ ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްއަށް ހަމަލާދިން މައްސަލައިގައި ތުހުމަތުވާ 7 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

މިއަހަރުގެ ޖެނުއަރީ މަހު ފަހުކޮޅު ޝަމީމަށް ހަމާލާ ދިނީ އޭނާގެ ގެ ކައިރީގައި ހުންނަވަނިކޮށް ސައިކަލްގައި ދިޔަ ދެ މީހަކު، މަރުތޭލެއް ބޭނުންކޮށްގެންނެވެ. އެ ހަމަލާ ޕީޖީގެ ބޮލަށް އަމާޒުކުރި ނަމަވެސް ހަމަލާ އަރާފައިވަނީ އޭނާގެ އަތުގެ މުލައްދަނޑިއަށެވެ.

އެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި 7 މީހުންގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފަ އެވެ. އެމީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ، އެ މުއައްސަސާއިން ބުނިގޮތުގައި މި ހިނގާ އޮގަސްޓް މަހުގެ 18 ގަ އެވެ.

އެކި ދުވަސް މަތިން ހައްޔަރުކުރި އެ 7 ދިވެހި ފިރިހެނުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ހަމަލާއަށް ފަހު ޝަމީމްގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ.

https://int.etukuri.mv/
tel:+9607331319