logo
ކުޑަހުރާއި ޝެރަޓަން ވާދަކުރި މެޗުގެ ތެރެއިން..

ކުޑަހުރާއި ޝެރަޓަން ވާދަކުރި މެޗުގެ ތެރެއިން..

ނޯތު މާލެ ލީގު: ފަސޭހަކަމާއެކު ޝެރަޓަން ބަލިކޮށް ކުޑަހުރާ އެއްވަނައަށް

profile

ހަސަން ޝަމްއޫން - 18 ޖުލައި 2025 - 14:53

ވޮލީބޯލް އެކެޑަމީ އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރިސޯޓް ވޮލީ ލީގުގައި ހިމެނޭ ނޯތު މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ޝެރަޓަން ބަލިކޮށް ކުޑަހުރާ އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށްޖެހިލައިފިއެވެ.

https://wamco.com.mv/

މުބާރާތުގައި ކުޑަހުރާ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ފަރި އައިލެންޑްސް އަތުން މޮޅުވެފައިވާއިރު، ޝެރަޓަންގެ ފުރަތަމަ މެޗުގައި ރީތި ރަށް އަތުން ސީދާ ތިން ސެޓުން އެޓީމު ވަނީ ބަލިވެފައެވެ.

މުޅި މެޗުގައި ވެސް ކުޑަ ހުރާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 14 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 11-25 ގެ ނަތީޖާއަކުންނެވެ. އަދި ޖެހިގެން އައި ދެވަނަ ސެޓުގައި ކުޑަ ހުރާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 16 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 09-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ މެޗުގެ ތިންވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުނެއް ފެނިގެންދިޔައިރު، މިސެޓް ކުޑަހުރާ އިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 18-25 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުޑަ ހުރާގެ ވިދްރާ އެވެ.

މި ނަތީޖާއެކު ލީގުބުރުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ކުޑަހުރާ އޮތްއިރު، މިމެޗުން ބަލިވި ޝެރަޓަން ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.

14 ޖުލައި 2025 އިން 28 ޖުލައި 2025 ގެ ނިޔަލަށް ވަން އެންޑް އޮންލީ ރީތި ރަށުގައި ކުރިއަށްދާ، ނޯތު މާލެ ލީގުގައި މިއަހަރު ފަސް ޓީމަކުން ވާދަކުރަމުން އަންނައިރު މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީފައިނަލް މެޗެއްކުޅެ އެމެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ

https://wamco.com.mv/
https://eportal.mwsc.com.mv/e-pay