
އިމްޕޯޓް އެކްސްޕޯޓް މެދުވެރިކޮށް ދައުލަތަށް 350 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

މުޙައްމަދު ފަޟްލޫން - 14 އޭޕްރީލު 2026 - 14:06
ހުސްވި މާރިޗު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 351 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މާރިޗު މަހު ލިބުނު 350 މިލިޔަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާރިޗު މަހު ރާއްޖެއަށް 5.7 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އިމްޕޯޓްކުރި 4.4 ބިލިޔަން ރުފިޔާގެ މުދަލާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
އިމްޕޯޓް ކުރެވުނު މުދަލުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ތެލުގެ ބާވަތްތަކެވެ. އެގޮތުން 1.60 ބިލިޔަން ރުފިޔާގެ ތެޔޮ އެތެރެކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ 1.05 ބިލިޔަން ރުފިޔާގެ ކާބޯތަކެތީގެ ބާވަތްތަކެވެ. އަދި ތިންވަނައަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ 959 މިލިޔަން ރުފިޔާގެ މެޝިނަރީއާއި މެކޭނިކަލް ސާމާނެވެ.
އެކްސްޕޯޓަށް ބަލާއިރު، މާރިޗު މަހު ރާއްޖެއިން 83 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ 51 މިލިޔަން ރުފިޔާގެ ދަޅުމަހުގެ ބާވަތްތަކެވެ. މީގެ އިތުރުން 8 މިލިޔަން ރުފިޔާގެ ރޯމަސްވެސް ވަނީ އެކްސްޕޯޓްކޮށްފައެވެ.
ކަސްޓަމްސްގެ ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު ރާއްޖެއަށް 168 އުޅަނދު އައިސްފައިވާއިރު، ރާއްޖެއިން 177 އުޅަނދު ވަނީ ފުރާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހަނގުރާމަ ނިންމަން މަޝްވަރާތައް އަލުން ފެށުމުގެ ފުރުސަތު ބޮޑު: އދ
ގަޑިއިރެއް ކުރިން

ރައީސް އައު ވަޒީރުން އައްޔަނުކުރައްވައިފި
7 ގަޑިއިރު ކުރިން

ލިޓަން މަރާލިކަމުގެ ކުށް ނިޒާމްގެ މައްޗަށް ސާބިތުވެއްޖެ
8 ގަޑިއިރު ކުރިން

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ނިޝާން އަހުމަދު އައްޔަންކުރައްވައިފި
8 ގަޑިއިރު ކުރިން


.gif&w=3840&q=75)