
ފާއިތުވީ ދެ ހަފްތާގެ ތެރޭގައި ރާއްޖެއަށް 128 ޕްރައިވެޓް ޖެޓް ޖައްސައިފި

ރިޟްވާން މޫސާ - 16 މާރިޗު 2026 - 08:33
ފާއިތުވީ ދެ ހަފްތާގައި ވެލާނާ އިންޓަރނޭޝެނަލް އެއާޕޯޓާއި، އެހެން ޓާމިނަލްތައް ހިމެނޭހެން ޖުމްލަ 128 ޖެޓު ޖައްސާފައިބާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް އިން ބުނެފި އެވެ.
އެމްއޭސީއެލް އިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 14ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 128 ޕްރައިވެޓް ޖެޓު ވަނީ ދަތުރުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %166 ގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އައީ އެންމެ 70 ޕްރައިވެޓް ޖެޓެވެ.
މިދިޔަ އަހަރުގެ މާރިޗު މަހުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި އެވްރެޖުކޮށް ރާއްޖެއަށް އައިސްފައިވަނީ ދުވާލަކު 5 ޖެޓެވެ. އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިންވެސް އައިސްފައިވަނީ 9 ޖެޓެވެ. މިއަދަދުތަކަށް ބަލާއިރު މިއަހަރު ބޮޑު ފަރަގެއް އަންނަނީ ފެންނަމުންނެވެ.
ނިމިދިޔަ ހަފްތާގައި އެވަރެޖުކޮށް ދުވާލަކު 12 ވަރަކަށް ޖެޓް ރާއްޖެއަށް ޖައްސާފައިވާއިރު މިމަހުގެ 3 ވަނަ ދުވަހު ވަނީ 18ޖެޓު ރާއްޖެއަށް ޖައްސާފަ އެވެ.
މެދުއިރުމައްޗަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން ޓްރާންސިޓްވާ ސަރަހައްދެކެވެ. އެ ސަރަހައްދުން ރާއްޖެއަށް ގިނަ އަދަދެއްގެ އެއާލައިންތަކުން ދަތުރުކުރެއެވެ. ނަމަވެސް ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓުތައް ކެންސަލް ކުރުމުން ރާއްޖެއަށް އަންނަން ބޭނުންވާ ގިނަ އަދަދެއްގެ ފަތުރުވެރިން ޕްރައިވެޓް ޖެޓުތަކުގައި އަންނަނީ ރާއްޖެއަށް ޒިޔާރަތްކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ދަރިފުޅަށް ދޭ ވަގުތު އިތުރުކުރުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީޤުކުރައްވައިފި
13 ގަޑިއިރު ކުރިން

މޯލްޑިވް ގޭސް ވިއްކުން އަނެއްކާވެސް ލިމިޓްކޮށްފި
ދުވަހެއް ކުރިން

"އަލިފާނުގެ ހާދިސާ" މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވަނީ
ދުވަހެއް ކުރިން

ފިޔޯރީގައި އަންނަ އަހަރަށް މަސްފެކްޓްރީއެއް ހުޅުވަނީ
2 ދުވަސް ކުރިން


.gif&w=3840&q=75)