logo

ޔުނިފޯމްގެ ގަދަރުކުޑަކުރި، އިމިގްރޭޝަންގެ 5 މުވައްޒަފެއްގެ މައްސަލަ ބަލަނީ

profile

ޒިދާން މުޙައްމަދު - 28 ނޮވެމްބަރު 2024 - 23:46

ހޯމް މިނިސްޓަރ އިޙްސާން

ހޯމް މިނިސްޓަރ އިޙްސާން

ޔުނިފޯމްގެ ގަދަރުކުޑަކުރި، އިމިގްރޭޝަންގެ ފަސް މުވައްޒަފެއްގެ މައްސަލަ ބަލަމުންދާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިޙްސާން ވިދާލުވީ، ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމްގެ ގަދަރުކުޑަވާގޮތަށް، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ޤާނޫނީގޮތުން އެޅޭ އެއްމެ ހަރުކަށިފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނަށް އަންގަވާފައިވާ ކަމެއް ކަމަށެވެ.

އެގޮތުން، މިނިސްޓަރ ވިދާޅުވީ، މޯލްޑިވްސް އިމިގްރޭޝަންގެ ފަސް މުވައްޒަފުން ޤާނޫނާއި ޤަވާއިދުތަކާ ޚިލާފަށް ބިދޭސީންނާ ގުޅުންހުރި ބައެއް ކަންކަންކޮށް، އެކި ފަރާތްތަކުން ނަހަމަގޮތުގައި ފައިސާ ހޯދަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ މަޢުލޫމާތު ލިބުމުން ފުލުހުން މެދުވެރިކޮށް އެމައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

މިފަދަ ކަންކަމަކީ މިސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެ ކަންކަމެއް ނޫން ކަމަށާއި މި މައްސަލާގައި މިހާރު ވަނީ ތުހުމަތުކުރެވޭ ފަރާތްތަކުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައި ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައެވެ.

މިމައްސަލައިގެ އިތުރު ތަފްސީލުތައް ތަހުޤީގު ކުރިއަށްދާވަރަކުން ފުލުހުނާއި ކަމާއިބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެ ފަދަ ކަންކަމުން ބަރީއަވެ ތިބުމަށް އެއްމެހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށް ދަންނަވާފައެވެ.


https://int.etukuri.mv/
tel:+9607331319