logo

އޭއީއެޗް އިން ރާއްޖޭގެ ފުރަތަމަ "މެޑިކޭޝަން ސޭފްޓީ ޖެކެޓް" ތަޢާރަފްކޮށްފި

profile

އާމިނަތު ޝަޒްލާ - 04 އޯގަސްޓު 2026 - 11:14

ރާއްޖޭގައި އަލަށް ތަޢާރަފްކުރި "މެޑިކޭޝަން ސޭފްޓީ ޖެކެޓް" އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބޭނުންކުރަން ފަށައިފިއެވެ.

https://wamco.com.mv/

މިއީ ބައިނަލްއަޤުވާމީ ފެންވަރުގައި ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ހޮސްޕިޓަލުގެ ޚިދުމަތްތައް ފެއްތުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ.

ދެކުނުގެ އަތޮޅުތަކުގައި ސިއްޙީ ފަރުވާ ފޯރުކޮށްދޭ އެންމެ އިސް އެއް މަރުކަޒު ކަމުގައިވާ އޭއީއެޗްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފަރުވާގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން، އަލަށް ތަޢާރަފްކުރި މި ޖެކެޓަކީ ބަލިމީހުންނަށް ބޭސް ދިނުމުގެ ކަންކަމުގައި ހަރަކާތްތެރިވާ ނަރުހުންނަށް ޚާއްޞަކޮށްފައިވާ އެއްޗެކެވެ.

މި ޖެކެޓް ބޭނުންކުރުމުގެ މައިގަނޑު މަޤްޞަދަކީ، ބަލިމީހުންނަށް ބޭސް ތައްޔާރުކުރުމާއި ބޭސް ދިނުމުގެ މުހިންމު ވަގުތުގައި ނަރުހުންގެ ސަމާލުކަން އެހެން ކަމަކަށް ހުއްޓުނަނުދީ ހިފެހެއްޓުމެވެ. ނަރުހުން މި ޖެކެޓް އަޅައިގެން ތިބޭ ވަގުތަކީ ބަލިމީހަކަށް ޚިދުމަތް ދިނުމުގައި މަޝްޣޫލުވެ އުޅޭ ވަގުތެއްކަން އަންގައިދިނުމުން، އެހެން ފަރާތްތަކުން އެ ވަގުތު ނަރުހުންނަށް އުނދަގޫވުން މަދުވެ، ބޭސް ދިނުމުގައި ދިމާވެދާނެ ކުށްތަކުން ސަލާމަތްވުމަށް މަގުފަހިވާނެކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް މި އުސޫލަށް ޢަމަލުކުރަމުންދަނީ ބޭސް ދިނުމުގައި ފަރުވާތެރިވުމަކީ ބަލިމީހާގެ ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ކަމަކަށްވާތީއެވެ. މީގެ އިތުރުން، އެ ހޮސްޕިޓަލުގައި ބޭސް ތައްޔާރުކުރާ ސަރަޙައްދުތަކަކީ "ނޯ އިންޓަރަޕްޝަން ޒޯން" ނުވަތަ އެއްވެސް މެދުކެނޑުމެއް ނެތި މަސައްކަތްކުރާ ސަރަޙައްދުތަކެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.

މި ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ބޭހާ ގުޅުންހުރި ކަންކަމާއި ބަލިމީހުންގެ ރައްކާތެރިކަމަށް ލަފާދޭނެ ޚާއްޞަ "މަލްޓި-ޑިސިޕްލިނަރީ މެޑިކޭޝަން ކޮމިޓީ" އެއްވެސް އޭއީއެޗްއިން ވަނީ އެކުލަވާލާފައެވެ.

https://wamco.com.mv/
tel:+9607331319