logo

ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ޤައުމީ ދިފާޢީ ބާރުގެ ޤާނޫނީ ޒިންމާއެއް: ޗީފް

profile

އާމިނަތު ޝަޒްލާ - 27 ޖުލައި 2026 - 11:26

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ރާއްޖެއާއި ބޭރުގެ އުޅަނދުފަހަރަށް ދިމާވާ ނުރައްކާތެރި ހާދިސާތަކުން މީހުން ސަލާމަތްކުރުމާއި، އުޅަނދުފަހަރަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ޤައުމީ ދިފާއީ ބާރުގެ ޤާނޫނީ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވައި، ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނު ކުރިއެރުންތަކާއެކު އެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ވިލިމާލޭގައި ބޭއްވި އެމްއާރުސީސީގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް ވިދާޅުވީ، ސިފައިންގެ ޚިދުމަތްތަކާއި، ވަކިން ޚާއްޞަކޮށް އެމްއާރުސީސީގެ މަސައްކަތްތައް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުއިއްޒު ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން، ތަފާތު ސަބަބުތަކާ ހުރެ 2022 ވަނަ އަހަރުން ފެށިގެން ހުއްޓިފައި އޮތް އެމްއާރުސީސީގެ އައު އިމާރާތުގެ މަސައްކަތް އަލުން ފަށައި، މިއަހަރުގެ ތެރޭގައި ނިންމާލެވުނީ ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚާއްޞަ އަހަންމިއްޔަތުގެ ސަބަބުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކަނޑުމަތީގައި ދިމާވާ ހާދިސާތަކަށް އެކަށީގެންވާ ވަގުތުގައި އިޖާބަ ނުދެވިއްޖެނަމަ، އޭގެ ސަބަބުން ފުރާނައާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ނުރައްކާ އޮންނަކަން ޗީފް އޮފް ޑިފެންސް ފޯސް ބަޔާންކުރެއްވިއެވެ. ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ސަރަހައްދު ކަމަށްވާތީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ނުހަނު މުހިންމު ކަމެއްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk