ލ. ގަމުގައި ފެންބޮޑުވެއްޖެ
އައިޝަތު އިބްރާހިމް - 27 ޖެނުއަރީ 2025 - 13:50
ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގާ ލ. ގަމަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެއެވެ.
ގަމަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާ ކަމުގައި އިދާރާއިން ވަނީ ބުނެފައެވެ.
ބޯކޮށް ވާރޭވެހި ބައެއް ގޭގެޔަށާއި ތަންތަނަށް ފެން ވަންނަމުން ދާތީ ވެލިބަސްތާ ޖެހުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވަމުން. ދާ ކަމުގައިވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
ރާއްޖެއަށް މިހާރުކުރަމުން ދާ ވިއްސާރައިގައި ރޭ ފަތިހުން ފެށިގެން މާލޭ ސަރަޙައްދަށްވެސް ވަނީ ބޯކޮށް ވާރޭވެހިފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ތ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މޫސުމާއި ބެހޭ ޤައުމީ ޢިދާރާއިން ބުނެފައިވާ ގޮތުގައި އެ ޞަރަޙައްދަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑި 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލާފާކޮށްފައިވެއެވެ.
އެހެން ކަމުން ކަނޑުދަތުރުކުރައްވާއިރު މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.