
މިފްކޯ މަސް ބޯޓެއް
މަސްކިރުވުމަށް އިތުރު 4 ބޯޓު މިފްކޯއިން ގެންނަނީ!

އަހުމަދު ޒަލީފު - 20 ފެބްރުއަރީ 2023 - 13:10
މަސްކިރުވުމަށް އިތުރު 4 ބޯޓު މިފްކޯއިން ގެންނަން ނިންމައިފިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް، މިފްކޯއިން މަސައްކަތްކުރަމުންދަނީ ޖަޕާނުން ބޯޓެއް އަދި ތައިލޭންޑުން 3 ބޯޓު ގެނައުމަށެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ ވިދާޅުވެފައިވަނީ މިދުވަސްވަރު މަސްވެރިކަން ރަނގަޅުވެ، އެވްރެޖްކޮށް 800 ޓަނުގެ މަސް ކިރާކަމަށެވެ.
ފައުޒީ ވިދާޅުވީ، ގިނައިން މަސް ބާނާ ދުވަސްވަރު މަސްކިރުމުގައި ދަތިތަކެއް ހުންނަކަމަށެވެ. ސަބަބަކީ މިފްކޯއިން މަސްކިރުވޭ ކެޕޭސިޓީއަކީ ދުވާލަކު 600 ޓަނުކަމަށްވުމެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް މަސްކިރޭނެ އިތުރު ބޯޓުތައް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް ފައުޒީ ވިދާޅުވިއެވެ.
2022 ވަނަ އަހަރަކީ ފާއިތުވި 16 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސް މިފްކޯއިން ގަތް އަހަރުކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު އިތުރަށް ވިދާޅުވީބަލިމަޑު ކަމާ ހަނގުރާމައިގެ ސަބަބުން ދުނިޔެއާ ކުރިމަތިވި އިގްތިޞޯދީ ގިލަންވެރިކަމުން ރާއްޖެ އަރައިގަނެވުނު އެންމެ ބޮޑު ސިއްރަކީ ރާއްޖޭގެ ބޯޑަރު ބަންދުވި ހިނދު ، ވަށާ މިވާ މަސްކަނޑުތަކަށް ފެތުރިގަތް ދިވެހި މަސްވެރިން ކުރި ހިތްވަރާ ދެއްކި ފަންވަރުކަމުގައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވި ކަނޑުރޯދިން ދިވެހިންނަށް މިންވަރު ކުރެއްވި އިލާހީ ރަހުމަތްފުޅު ބޮޑުކަމުގައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ތާރީހުގަައި ވެސް އެންމެ ގިނަ ފައިސާ މަސްވެރިންނަށް ސަރުކާރުން ދޫކުރި އަހަރަކީ 2022 ވަނަ އަހަރު ކަމަށާއި 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކުރެވިފައި ވާކަމަށެވެ.
" މިދިޔަ އަހަރު މި މަޖިލީހުގާ އަޅުގަނޑު ދެންނެވި ފަދައިން ، 1 މާރިޗު 2022 ން ފެށިގެން މަސްގަންނަ އަގު ބޮޑު ކުރިން " ރައީސް ވިދާޅުވިއެވެ.
ހަމަ އެޔާއެއެކު ރައީސް ވިދާޅުވީ، މަހުގެ ޑިއުޓީއާ ގުޅޭގޮތުން އިނގިރޭސި ވިލާތާ ޔޫރަޕްގެ އިއްތިޙާދުން އީޖާބީ ނިންމުމެއް ނިންމާނެކަމުގެ އުންމީދު ބޮޑުކަމަށާއި އެގައުމުތަކަށް ރާއްޖޭން އެކްސްޕޯރޓް ކުރާ މަހުގެ ޑިއުޓީ އަށް ލުޔެއް ލިބުމުގާ އިތުރަށް ގިރާކުރަން ޖެހޭ އޮޅިއެއް ދެން ނެތް ކަމުގައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީ އަދި މުސަޅު ހެދިގެން އުޅޭކަށް ނުވެ އެވެ!
4 ގަޑިއިރު ކުރިން
ހަނގުރާމައިގައި ބޭނުންކުރަން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީފައިނުވާނެ: ސަރުކާރު
5 ގަޑިއިރު ކުރިން

ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނީ ރައްޔިތުންނަށް ބުރަ ނުވާނެހެން: ހާރިޖީ ވަޒިރު
5 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސްގެސްޕޯޓްސް ސްކޮލަރޝިޕް ލިބޭ އެތުލީޓު ހޮވައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)