logo

"އިސްވަރު" ގެ ނަމުގައި ގައުމިއްޔަތު ކޮލެޖު އިފްތިތާހުކޮށްފި

profile

ޝުރުފާ މުހަންމަދު - 04 ސެޕްޓެމްބަރު 2024 - 13:55

ދިވެހި ޤައުމިއްޔަތުގެ ކޮލެޖު "ދިވެހި ޤައުމިއްޔަތުގެ އިސްވަރު" އިފްތިތާޙްކޮށްދެއްވުން--- ފޮޓޯ: ރައީސް އޮފީސް

ދިވެހި ޤައުމިއްޔަތުގެ ކޮލެޖު "ދިވެހި ޤައުމިއްޔަތުގެ އިސްވަރު" އިފްތިތާޙްކޮށްދެއްވުން--- ފޮޓޯ: ރައީސް އޮފީސް

ގައުމިއްޔަތު ދިރާސާކުރުމަށް ޚާއްސަ ކޮލެޖު "ދިވެހި ގައުމިއްޔަތުގެ އިސްވަރު" އިފްތިތާހު ކޮށްދެއްވައިފި އެވެ.

މި ކޮލެޖު އިފްތިތާހުކޮށްދެއްވީ މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒެވެ.

މިއަދު އިފްތިތާހުކުރި މި ކޮލެޖު އެކުލެވިގެން ވަނީ 5 ދާއިރާ އަކަށެވެ. އެއީ ދިވެހިބަހާއި، ދިވެހި ތާރީހާއި، ދިވެހި ސުމޭކާއި ދިވެހި ތަރިކައާއި ދިވެހި ފަންނެވެ. މި ދާއިރާތައް ހިމެނޭގޮތުން ކޮލެޖުގެ ކައުންސިލެއް އުފައްދާ ކޮންމެ ދާއިރާއަކަށް ޑީންއެއް ވަނީ ހަމަޖައްސަވާފަ އެވެ. އެއީ:

• ދިވެހިބަހުގެ އިސްވާރު - މަރްޔަމް ތައުފީގާ

• ދިވެހި ތާރީހުގެ އިސްވާރު - (ކަށިމާ) އަހުމަދު ޝާކިރު

• ދިވެހި ތަރިކައިގެ އިސްވާރު - ޙަސަން ޒަރީރު

• ދިވެހި ސުމޭކުގެ އިސްވާރު - މުހައްމަދު ޢަބްދުލްގާދިރު

• ދިވެހި ފަންނުގެ އިސްވާރު - މަރްޔަމް އިޝާ އަޒީޒް

މި ކޮލެޖާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ، ދިވެހި ގައުމިއްޔަތު ކުރި އެރުވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން މި ގައުމީ މަރުކަޒުގެ ވިލަރެސްވެރީން ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމަށް ގޮސް، އެ ގައުމުތަކުގެ އަމިއްލަވަންތަކަން ދަމަހައްޓާ ގޮތް ދިރާސާކޮށްފައިވާ ކަމަށެވެ. މި ދިރާސާގެ އަލީގައި އިފްތިތާހުކުރި މި ކޮލެޖު ވާނީ ރާއްޖޭގައި އުފައްދާ އެންމެ ތަފާތު އެއް ކޮލެޖަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ދިވެހި ޤައުމިއްޔަތުގެ އިސްވަރު މި ވަނީ އުފެދިފާ. މުސްތަޤުބަލުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ވާނީ ޤާނޫނުން ބާރުލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށް. މި ކޮލެޖަކީ ރާއްޖޭގައި މިހާތަނަށް އަދި ނުއުފައްދާ ބާވަތެއްގެ ކޮލެޖެއް. އެއީ މެންބަރ ޝިޕް ކޮލެޖެއް. މެންބަރުންގެ ވިޔުގަތަކެއްގެ މައްޗަށް އެކުލެވިގެންވާނެ ކޮލެޖެއް.

ރައީސް ވިދާޅުވީ މި ކޮޖެކުގެ މައިގަނޑު ބޭނުމަކީ ދިވެހީންގެ ތަރިކައާއި ސަގާފަތާއި ތާރީޚާ އަމިއްލަވަންތަ އަސްލުތަކަށް ޢިލްމީ ލެންސުތަކުން މީގެ ފަހުން އަބަދުވެސް ބަލަމުން ބަލަހައްޓަމުން ގެންދިއުން ކަމަށެވެ. އަދި ދިވެހި ގައުމިއްޔަތަކީ ދިވެހީންގެ ދިރިއުޅުމުގެ ބައެއްކަމުގައި ހެދުން ކަމަށް ވެސް ވިދާޅުވި އެވެ.

tel:+9607331319