logo

ކަރެކްޝަންސް މުވައްޒަފުންގެ އެލަވަންސް މައްސަލަ މަޖިލީހާއި ރައީސް އޮފީހަށް

profile

ޝުރުފާ މުހައްމަދު - 02 އޮކްޓޯބަރު 2024 - 19:52

ޕްރިޒަން އޮފިސަރުން ހުވާކުރުމަށް ބޭއްވި ރަސްމިޔާތެއްގެ ތެރެއިން

ޕްރިޒަން އޮފިސަރުން ހުވާކުރުމަށް ބޭއްވި ރަސްމިޔާތެއްގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސިވިލް މުވައްޒަފުންނަށް ހައުސިން އެލަވަންސް ނުލިބޭތީ ކަމާ ބެހޭ އިދާރާތަކަށް އެކަމުގެ ކަންބޮޑުވުމާއި އެކު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތައް އަދި ހޯމް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ އަށް މި މައްސަލަ ހުށަހެޅީ ކަރެކްޝަންސްގެ ސިވިލް މުވައްޒަފުންގެ ތެރެއިން 44 މުވައްޒަފުން ސޮއިކޮށްފަ އެވެ. މީގެ އިތުރަށް ހިއުމަން ރައިޓްސް ކޮމިޝަނާއި، ނެޝެނަލް އިންޓަގްރިޓީ ކޮމިޝަނަށް ވެސް ޕެޓިޝަން ހުށަހަޅާފައި ވެއެވެ. ކަރެކްޝަންގެ މި މައްސަލަ ހުށަހަޅާފައިވާ މަޖިލިސް ކޮމިޓީތަކަކީ

  • މަޖިލީހުގެ 241 ކޮމިޓީ

  • މަޖިލީހުގެ ޕެޓިޝަން ކޮމިޓީ

މިކަމާ ގުޅޭގޮތުން ކަރެކްޝަންގެ މުވައްޒަފަކު "އަސްލު ޓީވީ" އަށް ބުނީ ކަރެކްޝަންގެ އޮފިސަރުންނަށް ވެސް ހައުސިންގ އެލަވަންސް ލިބޭ ކަމަށެވެ. އެކަމަކު ކަރެކްޝަންސްގައި މަސައްކަތްކުރާ ސިވިލް މުވައްޒަފުންނަށް އެ އެލަވަންސް ނުލިބޭތާ 10 އަހަރު ވެފައިވާ ކަމަށާއި އެކަމަށްޓަކާ ވަކާލާތު ކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އެ އޮފިސަރު ބުނިގޮތުގައި ކަރެކްޝަންސްގެ ވަޒީފާއާ ބެހޭ ގަވާއިދުގައި އޮންނަ ގޮތުން މުވައްޒަފުންނަށް ހައުސިން އެލަވަންސް ދޭން ލާޒިމްކުރާ ކަމަށެވެ. އެކަމަކު އެ ފައިސާ ނުދިނުމަކީ ވަރަށް ބޭއިންސާފުން ކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންވެ އެ ހައްގު ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

https://wamco.com.mv/
tel:+9607331319