logo

ރާއްޖޭއާއި އިންޑިއާއިން އަސްކަރީ ގުޅުންތައް ވަރުގަދަ ކުރަނީ

profile

އާމިނަތު ޝަފާ - 10 އޯގަސްޓު 2024 - 15:12

ދިފާއީ ވަޒީރު ޣައްސާނާއެކު މިނިސްޓަރ ޖައިޝަންކަރު

ދިފާއީ ވަޒީރު ޣައްސާނާއެކު މިނިސްޓަރ ޖައިޝަންކަރު

ރާއްޖޭއާއި އިންޑިއާގެ އަސްކަރީ ގުޅުންތައް ވަރުގަދަ ކުރުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރ ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަލާމަތީ ކަންކަމުގައި އެކުގައި މަސައްކަތްކުރުމާއި އިންޑިއާ ކަނޑުގެ ރައްކާތެރިކަމާއި ސަރަހައްދީ އަމަން އަމާންކަން ދެމެހެއްޓުމުގައި ދެ ގައުމަށް އެކުގައި ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން ދިފާއީ ވަޒީރާއެކު މަޝްވަރާކުރެވިފައިވާކަމަށެވެ.

މިނިސްޓަރ ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެނަދަވާ 3 ދުވަހުގެ ދަތުރުފުޅުގައި މިއަދުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ކުރެވިދާނެކަންކަމާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.

އަދި ރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހިފައި އޮތް 50 މިލިޔަން ޑޮލަރު ދައްކާ މުއްދަތު އިންޑިއާއިން ވަނީ އެއް އަހަރަށް އިތުރުކޮށްދީފައެވެ.

tel:+9607331319