logo

މޮނިކާ އާއި ޖޯޖިއާ މަރުވީ އޮކްސިޖަން ހުސްވެގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކައިފި

profile

މުޙައްމަދު ފަޟްލޫން - 28 މޭ 2026 - 09:33

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައެއްގެ ތެރެއަށް ޑައިވިނަށް ފޭބި އިޓަލީގެ ފަސް މީހުންގެ ތެރޭގައި ހިމެނުނު ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމާކަލް މަރުވީ އޮކްސިޖަން ހުސްވެ ނޭވާ ހާސްވުމުގެ ސަބަބުން ކަމަށް އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

https://wamco.com.mv/

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މި ހިނގާ މަހުގެ 14 ވަނަ ދުވަހުއެވެ.

އިޓަލީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮޓޮޕްސީ ހެދި ހަތަރު ޑައިވަރުންގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބިފައިވަނީ ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51 އަހަރު) އާއި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމާކަލް (20 އަހަރު) ގެއެވެ.

ރޯމްގެ ޕްރޮސެކިއުޓަރުންގެ އޮފީހުން އައްޔަނުކުރި ފޮރެންސިކް މާހިރުންގެ ތަހުލީލުތަކުން އެނގޭ ގޮތުގައި، މި ދެމައިން މަރުވާން މެދުވެރިވީ އޮކްސިޖަން ފުޅިން ވައި ހުސްވުމުގެ ސަބަބުން ނޭވާ ނުލެވި ގެނބިގެންނެވެ.

މި މައްސަލަ އިޓަލީގެ އިދާރާތަކުން ތަހުގީގު ކުރަމުންދަނީ އިހުމާލުގެ ސަބަބުން ހިނގި މަރެއްގެ ގޮތުގައެވެ.

މި ހާދިސާގެ ފުރިހަމަ ތަފުސީލު ހޯދުމަށްޓަކައި ރޯމްގެ ޕްރޮސެކިއުޓަރުންގެ އޮފީހުން ވަނީ ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމަށް އެދިފައެވެ. އެގޮތުން، ރާއްޖޭގެ ތަހުގީގީ އިދާރާތަކުން އެއްކުރި މައުލޫމާތާއި، ޑައިވަރުން ބޭނުންކުރި ސާމާނުގެ ތަފުސީލާއި، އަދި ހާދިސާ ހިނގި ސަރަހައްދުން ފެނުނު ގޯޕްރޯ ކެމެރާގެ ފުޓޭޖުތައް ހިއްސާކޮށްދިނުމަށް އެ ގައުމުން ވަނީ އެދިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk