
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަމާއި ގުޅޭ އާ އުސޫލު އޮތީ ގެޒެޓް ކުރުމުގެ މަރުހަލާގަ: އީސީ

ރިޟްވާން މޫސާ - 27 ޖުލައި 2026 - 07:58
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ހުރިހާ ޕާޓީއަކުން ޢަމަލު ކުރާނެ އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުން ދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޖުމްލަކޮށް ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ރަނގަޅަށް ދިޔަނަމަވެސް ޕާޓީތަކުން އެއް ހަމައެއްގައި ޢަމަލުކުރާނެ އުސޫލެއް މިވަގުތު ނެތް ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ ކޮންމެ ސިޔާސީ ޕާޓީއަކުންވެސް މާލީ އަހަރު ނިމުމާއެކު ލައިސެންސް އޮންނަ އޮޑިޓަރެއް މެދުވެރިކޮށް ތައްޔާރުކުރާ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. މި ބަޔާނަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ޕާޓީއެއްވިޔަސް ނުދޭ ޕާޓީއެއްވިޔަސް ހުށަހަޅަން ޖެހޭ ބަޔާނެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، މިހާތަނަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މާލީ ބަޔާންތަކަށް ބަލާއިރު ޖުމްލަ ގޮތެއްގައި މާލީ ކަންކަން ޕާޓީތަކުން ރަނގަޅަށް ބަލަހައްޓަމުންދާ ކަމަށެވެ. ނަމަވެސް ކުދި ކުދި މައްސަލަތައް ދިމާވާ ކަމަށާއި އެފަދަ ކަންކަމުގައި ޕާޓީތަކާއި ވާހަކަދައްކައި، ފިޔަވަޅު އަޅަންޖެހޭ ހާލަތުގައި ފިޔަވަޅު އަޅާ ޕާޓީ އަދި ޕާޓީގެ މާލީ ކަންކަމާއި ހަވާލުވެ ހުންނަ މީހާވެސް ޖޫރިމާނާ ކުރާ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ މިހާތަނަށް ހުރިހާ ސިޔާސީ ޕާޓީއަކުން އެއްގޮތަކަށް ޢަމަލުކުރާ އުސޫލެއް ހެދިފައި ނުވުމުން، ބައިނަލްއަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަކަށް ކަންކަން ކުރިނަމަވެސް މާލީޔަތު ޤަވާއިދާ ބައެއްފަހަރު ފުށުއަރާ ކަންކަން އޮޑިޓް ރިޕޯޓްތައް ހުށަހަޅާއިރު ފާހަގަވާ ކަމަށެވެ. އެހެންވުމުން ސިޔާސީ ޕާޓީތަކަށް މާލީކަންކަން ހަމަޖެއްސުމުގައި ގޮންޖެހުންތަކެއް ހުންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ވ. ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ވާދަކުރުމަށް ހުޅުވާލައިފި
10 ގަޑިއިރު ކުރިން

މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްބަރު 14 ގައި ބޭއްވުމަށް ނިންމައިފި
10 ގަޑިއިރު ކުރިން

މާތް الله ގެ ވާގިފުޅާއެކު ދިވެހި އުންމަތް ސަލާމަތްކުރާނަން: ޝައިޚް އިމްރާން
11 ގަޑިއިރު ކުރިން
.webp&w=3840&q=75)
ޑިމާންޑް ދަށްވުމުގެ ސަބަބުން އީރާނުގެ ފިހާރަވެރިން ބަނގުރޫޓުވުމުގެ މަގުމަތީގައި
12 ގަޑިއިރު ކުރިން


