logo

ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރު ފެނިއްޖެ

profile

އާމިނަތު ޝަޒްލާ - 28 ޖޫން 2026 - 06:32

މާލޭގެ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އޮތް ބާޖަކުން ރޭ ކަނޑަށް ވެއްޓުނު ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރެއް މިހާރު ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

https://wamco.com.mv/

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، އޮޔާދިޔަ ކޮންޓެއިނަރުތަކުގެ ތެރެއިން މިހާތަނަށް ނުފެނިވާ ތިން ކޮންޓެއިނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.

އެމްޕީއެލްގެ އޮފިޝަލަކު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ކަނޑަށް ވެއްޓިފައިވަނީ މުދާ ނެތް ހުސް ކޮންޓެއިނަރުތަކެއް ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، އެމްޕީއެލްގެ ކޮންޓެއިނަރުތަކެއް އޮޔާދާކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ 11 ޖެހި ފަހުންނެވެ. އެ ވަގުތަކީ މާލެ ސަރަހައްދަށް މޫސުން ގޯސްވެ، ގަދަވަޔާއެކު ވިއްސާރަ ކުރަމުންދިޔަ ވަގުތެކެވެ.

ބާޖުން ކަނޑަށް ވެއްޓުނު މި ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ބެލެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދުގެ ސަރަހައްދުން ކަމަށްވާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން ސަމާލުވުމަށް ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk