
ޝަމާހުގެ މައްސަލައެއް އޭސީސީއަށް

އައިޝަތު އިނާޝާ - 12 ޖެނުއަރީ 2026 - 07:23
ސްޓެލްކޯގެ ކުރީގެ އެމްޑީ އަހުމަދު ޝަމާހު ރަޝީދުގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅައިފިއެވެ.
އިއްޔެ ސްޓެލްކޯގެ އެމްޑީކަމުން ޝަމާހު ވަކިކުރީ އޭނާ އެ މަގާމަށް އައްޔަން ކުރެއްވިތާ ފަސް މަސް ވެސް ނުވަނީސް އެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަނުކުރެއެވެ.
ޝަމާހްގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީ އަށް ހުށަހެޅިފައިވާކަން އެކޮމިޝަނުން ވަނީ ޔަގީންކޮށްދީފައެވެ. ނަމަވެސް އެކަމާ ގުޅޭ އެކަމުގެ ތަފްސީލް ހާމަކޮށްފައި ނުވެއެވެ.
މި ސަރުކާރުގައި ޝަމާހުއަށް ފުރަތަމަ ދިނީ މިފްކޯގެ ސީއީއޯ ކަމުގެ މަގާމެވެ. އެ މަގާމުން އޭނާ ވަކިކުރީ 2024 ވަނަ އަހަރުގެ މެއި 21 ގައެވެ. ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑުވެސް ކުރި އެވެ. އޭނާގެ ސަސްޕެންޝަން އުވައިލަން ޕީސީބީން ނިންމީ އެޕްރީލް 24 ގައެވެ.
ސަމާހު އާއި ބެހޭ އޯޑިއޯއެެއް މީސް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވާން ފަށާފައިވާއިރު މި އޯޑިއޯގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރޮޕްޝަނަށް މަގުފަހިވާފަދަ އަމަލުތައް ހިންގާނެ ވާހަކަ އާއި، ސްޓެލްކޯގެ ވަޒީފާގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބައެއްކަހަލަ އަމަލުތައް ހިންގަން އުޅޭކަމަށް ދޭހަވާ ފަދަ ވާހަކަތަކެއް އަޑުއިވެ އެވެ.
"ސްޓެލްކޯއިން މަގޭ މިކުޅިވަރު އިނގޭނެ ތިބޭނީ ދެމީހަކު. އެއީ އަޒްހަދާ ޝާހިދާ. އެހެން މީހަކު ނުހުންނާނެ. މަގޭ ފިހާރައެއް ހުޅުވާލާނެ ވާހަކަ އޭ ބުނީމަ އެމީހުން މައިންޑުގަ އިންނާނެއޭ އެޔޭ މަޑްރީމް ކުރާ ވަރަކީ. އެޔެެއް ނޫނޭ ސްޓެލްކޯ ކާލަން ، ސްޓެލްކޯ ކާލާނަން." އޯޑިއޯގައި ޝަމާހު ބުނެފައިވާ ބައެއް ވާހަކަތައް.
މި އޯޑިއޯގައި ސްޓެލްކޯގައި ވަޒީފާ އަދާކުރަމުންދާ އަންހެން ކަނބަލުންނަށް ނިސްބަތްކޮށް ބޭއަދަބީ ގޮތައް ދައްކާ ވާހަކަތަކެއްގެ އަޑުވެސް އިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ނަރީޝް އިދިކޮޅު ބޭފުޅުންނަށް- ދައުލަތް ހިންގާ ގޮތް ގޯސް ކަމަށްވަންޏާ، އެ ގޯސް ވާ ގޮތް ވިދާޅުވެދެއްވާ!
3 ގަޑިއިރު ކުރިން

އޮޕަރޭޝަން އަލިމަގު: ގއ.ވިލިނގިލިން 04 މީހަކު ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 69،408 ފަތުރުވެރިން ރާއްޖެއަށް
14 ގަޑިއިރު ކުރިން

ރޯދަ މަހުގެ ކުރިއަށް 15 މިސްކިތެއްގެ މަސައްކަތް ނިންމާލެވޭނެ- އިސްލާމިކް މިނިސްޓްރީ
15 ގަޑިއިރު ކުރިން


