
ނަރީޝް އިދިކޮޅު ބޭފުޅުންނަށް- ދައުލަތް ހިންގާ ގޮތް ގޯސް ކަމަށްވަންޏާ، އެ ގޯސް ވާ ގޮތް ވިދާޅުވެދެއްވާ!

އައިޝަތު އިނާޝާ - 12 ޖެނުއަރީ 2026 - 06:48
ދައުލަތް ހިންގާ ގޮތް ގޯސް ކަމަށް ވިދާޅުވާއިރު، އެ ގޯސްވާ ސަަބަބު ވިދާޅުވެދެއްވުމަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝް އެދިވަޑައިގެންފިއެވެ.
އަސްލު ޓީވީގެ ބާބު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ނަރީޝް ވިދާޅުވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީން ރައްޔިތުންގެ މެދުގައި ހިޔާލުތަފާތުވުން އުފެއްދޭނެ ހުރިހާ ކަމެއް ކުރަމުންދާ ކަމަށާއި ގައުމަށް ފައިދާހުރި، ދައުލަތުގެ ބަޖެޓަށް ލުއިވާނެ ކަމެއް ސަރުކާރުން ކުރަންޏާ އެ ބޭފުޅުންނަށް އެވާހަކަ ދައްކަން އުނދަގޫވާނެ ކަމަށެވެ.
އެމްޑީޕީން ދޮގު ހަދާނެ ރައްޔިތުން އެއީ ތެދެއް ކަމަށް ގަބޫލު ކުރަންދެން. އެއީ އެމްޑީޕީގެ ފަލްސަފާ. : ނަރީޝް
ނަރީޝް ވިދާޅުވީ އެމްޑީޕީ އޮތީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެއްކޮށް ތައްޔާރުވެވޭނެ ހާލަތެއްގައި ނޫން ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި އޮތް ބައިބައި ވުމާއި ހިޔާލުތަފާތުވުންތަކެވެ. ވިދާޅުވީ މިއަދު ރައްޔިތުންގެ މެދުގައި އެމްޑީޕީއަށް ތާއިދެއް ނެތް ކަމަށާއި އެމްޑީޕީން ދައްކަން އޮތް ބަހަނާއަކީ އަކީ ސަރުކާރު ބޮލުގައި އެކި ބަދުނާމު އެޅުވުން ކަމަށެވެ.
ރޭގެ ބާބު ޕްރޮގްރާމުގައި ނަރީޝް ވަނީ ސަރުކާރަށް ނިސްބަތްކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކިޔުއްވަމުން ގެންދަވާ ފާޑުކިއުތަކަށް ވެސް ރައްދު ދެއްވާފައެވެ. ނަރީޝް ވަނީ ޕީއެންސީން ވާދަ ކުރާ 1362 ގޮނޑިއަށް ރައީސް ޔާމީންގެ ޕީއެންއެފުން، ވާދަނުކުރަންވީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ. ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ވުރެ ގިނަ ގޮނޑި އެބޭފުޅާގެ ޕާޓީން ނަގަންވީ ކަމަށާއި އޭރުން އެ ބޭފުޅުންގެ ބައްދަލުކުރެއްވުންތަކުގައި ދައްކަވާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ކަމަށް ގަބޫލު ކުރައްވާނެ ކަމަށެވެ.
ސަރުކާރުގެ މޭޔަރަލް ކެންޑިޑޭޓް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލާ ބެހޭގޮތުން ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ނަރީޝް ވަނީ މޫސާ އަލީ ޖަލީލްއަކީ ތައުރީފު ކުރަން ހައްގު ބޭފުޅަކަށް ނުވާ ނަމަ، މޫސާ އަލީ ޖަލީލް ރައީސް ޔާމީންގެ ރައީސް ކަމުގެ ދައުރުގައި އެމަނިކުފާނުގެ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވަން އިހުތިޔާ ކުރެއްވީ ކީއްވެތޯ ސުވާލުކުރައްވާފައެވެ. ވިދާޅުވީ އެގޮތައް އެކަން ކުރައްވާފައި މިއަދު މޫސާ އަލީ ޖަލީލަށް ހަނގާ ކުރެއްވުމުގެ ގޮތުން އެފަދަ ވާހަކަތައްކެއް ރާއްޖޭގެ ރައީސް ކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ދެއްކުން ބައިލައި ނުގަނެވޭނެ ކަމަށެވެ.
މިއަދު ރައީސްކަމުގައި ހުންނެވި ބޭފުޅާ އަމަލުކުރައްވަނީ ގޯސްކޮށް ކަމަށް ވިދާޅުވާއިރު، އެކަން ރަނޅަށް ކުރަންޖެހޭ ގޮތް ވިދާޅުވުމަށް ނަރީޝް ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ. ވިދާޅުވީ ކުރީގެ ރައީސް ޔާމީނު ވެސް އަދި ރައީސް ސޯލިހު ވެސް ރައީސް މުއިއްޒު ރަނގަޅު ކުރައްވަންވީ ކޮން ކަމެއް ކަން ވިދާޅުވެދެއްވުމަށެވެ. އަދި ދައުލަތް ހިންގާ ގޮތް ގޯހޭ، ވިދާޅުވާއިރު ގޯސްވާ ގޮތް ވިދާޅުވެދެއްވުމަށް ނަރީޝް ވަނީ އެބޭފުޅުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. ނަރީޝް ވިދާޅުވީ ސިޔާސީ ގޮތުން ގައުމަށް ރަގަނޅު މީހަކީ ތިމާ ކަމަށް ގަބޫލުކުރާ ނަމަ އެ ރަނގަޅުގޮތް ބުނެދިނުމަށް އިދިކޮޅު ފަރާތްކުގެ ކިބައިން އެދިވަޑައިގެންފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޝަމާހުގެ މައްސަލައެއް އޭސީސީއަށް
2 ގަޑިއިރު ކުރިން

އޮޕަރޭޝަން އަލިމަގު: ގއ.ވިލިނގިލިން 04 މީހަކު ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 69،408 ފަތުރުވެރިން ރާއްޖެއަށް
14 ގަޑިއިރު ކުރިން

ރޯދަ މަހުގެ ކުރިއަށް 15 މިސްކިތެއްގެ މަސައްކަތް ނިންމާލެވޭނެ- އިސްލާމިކް މިނިސްޓްރީ
15 ގަޑިއިރު ކުރިން


