logo

ފުލުހުންގެ ކޮއްތު ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުވާ ބަޔަކު ސަސްޕެންޑްކޮށްފި

profile

ޒިދާން މުޙައްމަދު - 29 އޮކްޓޯބަރު 2025 - 18:57

ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ކޮއްތު ފައިސާގެ ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ބަޔަކު ންޑްކޮށްފިއެވެ.

https://wamco.com.mv/

ފުލުހުންގެ ޚިދުމަތުން ބުނީ މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އިން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެކަމުގައި ބައިވެރިވާ ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ލަފާ ދިނުމަށް އެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެފަައިވެއެވެ.

މި މައްސަލާގައި ސަސްޕެންޑްކުރީ މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ތިން ފުލުހަކާއި ސިވިލް ސްޓާފެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk