
ރިކޯލް ވޯޓެއް ނެގޭގޮތަށް އޮތުމަކީ ރަނގަޅުކަމެއް: ފައްޔާޒް

މުޙައްމަދު ފަޟްލޫން - 13 އޯގަސްޓު 2026 - 07:41
ރިކޯލް ވޯޓެއް ނެގޭގޮތަށް އޮތުމަކީ ރަނގަޅުކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އަސްލު ޓީވީގެ ބޮޑުބަދަލު ގައި ބައިވެރިވެ ވަޑައިގެން ފައްޔާޒް ވިދާޅުވީ ރިކޯލް ވޯޓެއް މެދުވެރިކޮށް ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރެވޭނެ ކަމަށެވެ.
މިއަދުގެ މަޖިލީހަށް ރައްޔިތުން އިތުބާރު ނެތްކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ މަޖިލިސް މެމްބަރުންގެ ރިކޯލް ވޯޓެއް ރައްޔިތުން ބޭނުންވަނީ މަޖިލިސް މެމްބަރުންގެ ޕާފޯމެންސް ގޯސްވުމުން ކަމަށެވެ.
ރައްޔިތުން ބާރުވެރި ކުރުވަން މިހާރުވެސް ގާނޫނުގައި ބައެއް ކަންކަމުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން އޮންނަކަން ފާހަގަކުރައްވައި ފައްްޔާޒް ވިދާޅުވީ އެމްޑީޕީ އިން އެކަން އިތުރަށް ފުޅާ ކުރައްވާނެ ކަމަށެވެ.
މިހާރު މަޖިލީހުގެ ސިމްޕަލް މެޖޯރިޓީ އާއެކު ގާނޫނު އަސާސީގެ މާއްދާތައް ބަދަލުކޮށްލެވޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީ އިން ހުށަހަޅަނީ ގާނޫނު އަސާސީގެ އަކުރަކާއި ފިއްޔަކަށްވެސް އިސްލާހެއް ގެނެވޭނީ ކައުންސިލާއި ރައްޔިތުންގެ މަޖިލިސް އެކުގައި ނަގާ ވޯޓަކުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ކައުންސިލަރުންނަކީ ކޮންމެ ރަށެއްގައިވެސް ރައްޔިތުންގެ އިތުބާރު ހޯދައިގެން ހޮވިފައި ތިބޭ ބައެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންކަމުން ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ކައުންސިލަރުންގެ ބަސްވެސް މުހިއްމު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ރައްޔިތުންގެ ބައިވެރިވުން އެކުލެވޭފަދަ ގޮތަކަށް ވެރިކަން ކުރަން ވެރިއަކަށް އަންނަ މީހަކަށް ދަތިވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ނާގާބިލު ވެރިއަކު ވެރިކަމަށް އައިސް ގައުމު ފުނޑާލުމަށްވުރެ ރައްޔިތުންގެ ބައިވެރިވުމާއެކު ވެރިކަން ކުރަން ދަތިވުންވެސް ރަނގަޅު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ބޭރުފައިސާ އާއި ބެހޭ ގާނޫނުގެ އިސްލާހުތައް ދިރާސާކުރުން އާދީއްތަ ދުވަހު!
3 ގަޑިއިރު ކުރިން

ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ޖުލައިމަހު މަދުވެއްޖެ: އެޗްޕީއޭ
4 ގަޑިއިރު ކުރިން
-1786609081371.webp&w=3840&q=75)
ފާއިތުވި 7 މަސް ދުވަހުގެ ތެރޭގައި 144 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
4 ގަޑިއިރު ކުރިން

ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިތުރަށް ތަރައްގީ ކުރުމަށް މަޝްވަރާތަކެއް!
4 ގަޑިއިރު ކުރިން


