
މި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް ގޮސްފި

މުޙައްމަދު ފަޟްލޫން - 17 އޮކްޓޯބަރު 2026 - 12:39
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު، މި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން، މި ހިނގާ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 79،529 ފަތުރުވެރިންނެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 82،770 ފަތުރުވެރިންނާ އަޅާބަލާއިރު 3.9 އިންސައްތައިގެ ދަށްވުމެކެވެ.
މީގެއިތުރުން، އަހަރުގެ މިހާތަނަށް ޖުމްލަ 1،682،550 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 1،741،801 ގައެވެ.
ފަތުރުވެރިން އެންމެ ގިނައިން ޗުއްޓީ ހޭދަކުރަން އިހްތިޔާރުކޮށްފައިވަނީ ރިސޯޓުތަކެވެ.
1.3 މިލިއަން ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ގެސްޓްހައުސްތަކުގައި 360،016 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ.
އަދި ހޮޓާތަކުގައި 37،514 ފަތުރުވެރިން އަދި ސަފާރީ އުޅަނދުފަހަރުގައި 31،509 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކުގެ އެއްވަނައިގައި އަދިވެސް އޮތީ 317،524 ފަތުރުވެރިންނާއެކު ޗައިނާއެވެ.
ދެވަނައިގައި 239،816 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ 125،051 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ.
ފަތުރުވެރިން އައި ނިސްބަތް ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ، މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ބައެއް ފްލައިޓުތައް ކެންސަލްވުމެވެ. މިކަމުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު ވަނީ 3.5 އިންސައްތަ ދަށުގައި ހިފެހެއްޓިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކުރުވާހަކަ - ނުފެނުނު ސޮފުހާ
8 ގަޑިއިރު ކުރިން
.webp&w=3840&q=75)
މި ސަރުކާރުން ބޯހިޔާވަހިކަމަށް އެޅި ބިންގަލެއް ނެތް، ބަދަލު ފެންނާނީ އެމްޑީޕީ ވެރިކަމެއްގައި: އާޒިމް
8 ގަޑިއިރު ކުރިން

އުނދަގޫތަކަށް ހައްލެއް ނުލިބިގެން ފުލުހުންގެ އިދާރާގައި މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް!
8 ގަޑިއިރު ކުރިން
.webp&w=3840&q=75)
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގައި އެކަކު ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެ
9 ގަޑިއިރު ކުރިން


