logo

އިތުރު ބަޔަކު ހިމަބިއްސަށް ފައްސިވެ، ބަލިޖެހުނު މީހުންގެ އަދަދު 199 އަށް

profile

އާމިނަތު ޝަޒްލާ - 04 އޯގަސްޓު 2026 - 10:43

މާލެ ސަރަހައްދުން އިތުރު ބަޔަކު ހިމަބިއްސަށް (މީސަލްސް) ފައްސިވުމާ ގުޅިގެން، މި އަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 199 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

އެޗުޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ވަނީ ހިމަބިއްސަށް ޝައްކުކުރެވޭ ކޭސްތަކެއް ފެނި، އޭގެ ތެރެއިން ބައެއް މީހުން ބައްޔަށް ފައްސިވެފައެވެ. މިއާއެކު، ރާއްޖޭގައި މި ބަލި ފެތުރެމުންދާ މިންވަރު ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ.

މި ބަލި ފެތުރުން ހުއްޓުވުމަށާއި، ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިން ފުރިހަމަކުރުމުގެ މުހިންމުކަން އެޗުޕީއޭ އިން ވަނީ ފާހަގަކޮށްފައެވެ. ޚާއްސަކޮށް، ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވާތީ، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

ރާއްޖެއަކީ ހިމަބިއްސާއި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ގައުމަކަށްވީ ނަމަވެސް، މި ބަލީގެ ކޭސްތައް ފެންނަމުންދާތީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319