logo

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

profile

އައިމިނަތު ޒައިބާ - 16 އޭޕްރީލު 2026 - 08:23

މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

https://wamco.com.mv/

މޯލްޑިވްސް މީޓިއޮލޮޖޮކަލް ސެންޓަރުން ވަނީ ރާއްޖެއަށް މޫސުން ގޯސްވާނޭކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލް ނެރެފައެވެ. އެގޮތުން ވައިޓް އެލާޓް ނެރެފައިވަނީ ހއ އިން ފެށިގެން ދ އަތޮޅަށެވެ. މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ނެރެފައިވަނީ މިއަދު މެންދުރުފަހު 13:00 ގެ ނިޔަލަށެވެ.

ވައިޓް އެލާޓް އެންގުމުގައި މެޓުން ބުނެފައިވަނީ އެ ގަޑިތަކުގައި ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އޭގެ ކުރިން ނެރުނު އެންގުމުގައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނޭކަމަށް ލަފާކޮށްފައެވެ. އެގޮތުން މެދު ރާއްޖެ ތެރޭގެ އަތޮޅުތަކުގެ ރަށްތައް ހާއްސަ ގޮތެއްގައި ވަނީ ފާަހަގަކޮށްފައެވެ. މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައި ހުންނާނޭކަމަށް ލަފާކުރާ ނިސްބަތަކީ 5 މޭލާއި 15 މޭލާ ދެމެދެވެ.

ކަމާބެހޭ އިދާރާތަކުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމށާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުފެށުމަށް އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk