
އަލީ ސުޒެއިން...
ގައުމީ ޓީމު ކޯޗު ސުޒެއިން އިސްތިއުފާ ދީފި

ހަސަން ޝަމްއޫން - 10 ޖޫން 2025 - 11:21
އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ޓިމޯ ލެސްޓޭ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ރާއްޖޭގެ ގައުމީ ޓީމު ކޯޗު އަލީ ސުޒެއިން މަގާމުން އިސްތިއުފާދީފިއެވެ.
ފީފާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ރަށުން ބޭރުގައި ޓިމޯ ލެސްޓޭ އަތުން ބަލިވިއިރު، މިއީ ދިވެހި ގައުމީ ފުޓުބޯޅަ ޓީމު ޖެހިޖެހިގެން ބަލިވި ފަސްވަނަ މެޗެވެ. އޭގެތެރޭގައި، ސިންގަޕޫރާ، އިންޑިއާ، ފިލިޕީންސް އަދި ބަންގްލަދޭޝްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗު ހިމެނެއެވެ.
ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސުޒެއިން ބުނީ، ލެސްޓޭ މެޗުގެ ނަތީޖާއަކީ ވަރަށް ދަށް ނަތީޖާއެއްކަމަށް ގަބޫލުކުރާ ކަމަށާއި ދިވެހި ފުޓުބޯޅަ އާއިލާގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
"އަޅުގަނޑު މި ޓީމާ އެކު ކުރި މަސައްކަތް މި ހިސާބުން ނިމުނީއެވެ. އަދި، ކުރިއަށް އޮތް ތަނުގައި މި ޓީމާ އެކު މަސައްކަތްކުރާ އެންމެންނަށް އަޅުގަނޑުގެ ހެޔޮ ދުއާއާއި ހެޔޮ އެދުންތައް އޮންނާނެ ކަމުގައި ދަންނަވަމެވެ،" ފޭސްބުކްގައި މެޗަށް ފަހު ސުޒެއިން ލިޔެފައިވެއެވެ.
އޭނާ ބުނީ، ގައުމީ ޓީމާ އެކު މަސައްކަތްކުރުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.
އެއަށް ފަހު އޭނާ ވަނީ ގައުމީ ކޯޗުކަމުގައި ހޭދަކުރި ދުވަސްތަކުގައި އެއްބާރުލުން ދިން އެންމެންނަށް ޝުކުރު އަދަައިކޮށްފައެވެ. އަދި، އެ މެސެޖު ނިންމާލަމުން ވެސް އޭނާ ވަނީ ފުޓުބޯޅަ އާއިލާގެ ކިބައިން މާފަށް އެދިފައެވެ.
ސުޒެއިން ގައުމީ ޓީމާ ހަވާލުވީ ކުރީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުންނެވެ. އަދި ގައުމީ ކޯޗުކަމުގައި ސުޒެއިން ހުންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެއެވެ.
ކޮލިފައިންގައި ރާއްޖެ ދެން ކުޅެން ޖެހޭނީ ތަޖިކިސްތާނާއެވެ. މި މެޗު ކުޅޭނީ އަންނަ އޮކްޓޯބަރުގައެވެ.
ގުޅުން ހުރި ޙަބަރުތައް

އެންމެ ފަހުގެ ޗެންޕިއަން ވެމްކޯ ބަލިކޮށް، ޤައުމީ ވޮލީބޯޅަ ލީގު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި
މަހެއް ކުރިން

44 ޓީމާއެކު 12 އަހަރުންދަށުގެ މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް 2025 ފެށިގެން ކުރިއަށްދަނީ
މަހެއް ކުރިން

ގައުމީ ދިގުފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މަހެއް ކުރިން
12 އަހަރުންދަށުގެ މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް މާޒިޔާ އިން ކާމިޔާބުކޮށްފި
މަހެއް ކުރިން