logo

ޔޫއޭއީން ދޫކޮށްލި ޕައިލެޓުން ރާއްޖެ ގެނެސް، ފުލުހުން ސުވާލުކުރަން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 17 އޮކްޓޯބަރު 2026 - 12:20

ދުބާއީން ފުރައިގެން ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ވައްޓާލަން އުޅުނު މައްސަލައާ ގުޅިގެން ޔޫއޭއީގައި ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު، ފުލުހުން އެ މީހުންނާ ސުވާލުކުރަން ފަށައިފިއެވެ.

https://wamco.com.mv/

ޔޫއޭއީން މި ދެ ޕައިލެޓުން ޑީޕޯޓްކޮށްލުމުން، އެ މީހުން ރާއްޖެ އައި ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުން ވަނީ އެ މީހުންނާ ބައްދަލުކޮށް ސުވާލުކުރަން ފަށާފައެވެ. ނަމަވެސް، މި މައްސަލައިގައި އެ މީހުން ހައްޔަރުކުރުމާ މެދު ނުވަތަ އެއްވެސް ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމައެވެ.

މި ދެ މީހުން ރާއްޖެ ފޮނުވާލާފައިވަނީ ޔޫއޭއީގެ ބަންދުގައި، ގާނޫނީ ވަކީލެއްގެ އެހީތެރިކަމެއް އަދި އާއިލާއާ މުއާމަލާތު ކުރުމުގެ ފުރުސަތެއްވެސް ނުދީ 12 ދުވަސް ވަންދެން ބޭތިއްބުމަށް ފަހުގައެވެ.

މި މައްސަލައިގައި ހިމެނޭ ދެ ދިވެހިންނަކީ ފްލައިދުބާއީގައި މަސައްކަތްކުރާ ހަ ދިވެހި ޕައިލެޓުންގެ ތެރެއިން އެންމެ ފަހުން އެ އެއާލައިނާ ގުޅުނު ދެ މުވައްޒަފުންނެވެ.

އެ މީހުން ހައްޔަރުކުރިކަމުގެ މައުލޫމާތު ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީން އާއިލާތަކަށް ހިއްސާކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

އިޒްރޭލުގެ 182 ފަސިންޖަރުންނާއެކު ދަތުރުކުރި ފްލައިދުބާއީގެ އެފްޒެޑް 1073 މަތިންދާބޯޓު ވައްޓާލަން މަސައްކަތްކޮށްފައިވަނީ އެ ބޯޓުގެ ކޯ ޕައިލެޓެވެ. އޭނާ ވަނީ ކޮކްޕިޓުގައި އޮންނަ އިމަޖެންސީ ކޯރާޑިން ބޯޓުގެ ކެޕްޓަނަށް ހަމަލާދީ، ބޯޓު ވައްޓާލުމަށް މަސައްކަތްކޮށްފައެވެ. އެ ހަމަލާއާއެކު ބޯޓުގެ ކޮންޓްރޯލް ގެއްލި، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގާތްގަނޑަކަށް 17،000 ފޫޓު (5،180 މީޓަރު) ދަށަށް ވެއްޓެން ފެށިއެވެ. އެހެންނަމަވެސް، އިންޑިއާގެ ކެޕްޓަން ކޮކްޕިޓްގެ ދޮރު ހުޅުވުމުން، ފަސިންޖަރުން ވަދެ ހަމަލާދިން މީހާ ވަނީ ކޮންޓްރޯލްކޮށްފައެވެ. އަދި ބޯޓުގެ މިސްރާބު ހަމަމަގަށް އަޅުވައި، ރައްކާތެރިކަމާއެކު ޖެއްސީ ބޯޓުގައި ތިބި އިތުރު ދެ ޕައިލެޓުންގެ މަސައްކަތުންނެވެ

https://wamco.com.mv/
tel:+9607331319