logo

ޤާނޫނުގެ ކުރިމަތީގައި ކޮންމެ ފަރުދަކަށްވެސް ޑިއު ޕްރޮސެސްއާއި ރޫލް އޮފް ލޯ ހިނގަންޖެހޭ: ޝާހިދު

profile

އާމިނަތު ޝަޒްލާ - 09 އޮކްޓޯބަރު 2026 - 13:53

އެއްވެސް އަސާސެއް ނެތް ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް، ދޭދޭ ފަރުދުންނަށާއި އެމީހުންގެ ޢާއިލާތަކަށް އަނިޔާދިނުން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށާއި، ޤާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކަށްވެސް އިޖުރާއާތުތައް ފުރިހަމަވެ، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) ހިނގަންޖެހޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޢަބްދުﷲ ޝާހިދު މިހެން ވިދާޅުވީ މީސްމީޑިއާ މަންސަ "އެކްސް" ގައި މިއަދު ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދު ވިދާޅުވީ، ހަމައެކަނި ކުރެވޭ ތުހުމަތަކީ ކުށެއް ނޫން ކަމަށާއި، ހަމަ ކޮންމެ މީހަކަށްވެސް އަނެކާއަށް ތުހުމަތެއް ކުރެވިދާނެ ކަމަށެވެ. ނަމަވެސް، އެފަދަ އަސާސެއް ނެތް ތުހުމަތުތަކުގެ ސަބަބުން ތުހުމަތު ރައްދުވާ މީހާގެ ވަޒީފާއާއި އަބުރު ގެއްލުވާލައި، އެމީހުންގެ ޢާއިލާތައް މުޖުތަމަޢުގައި ބަދުނާމުކޮށް ދެވޭ ގެއްލުމަކީ އަނބުރާ ބަދަލުނުދެވޭނެ އަދި ދުވަހަކުވެސް ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

View post on Twitter

މި މައުޟޫޢުގައި ވާހަކަދައްކަވަމުން، ޝާހިދު ވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާގައި ހިނގާދިޔަ ކަންކަމަށް އަލިއަޅުއްވާލައްވައި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ ޖަސްޓިސް ޢާއިޝާ ޝުޖޫން މުޙައްމަދާއި، ޖަސްޓިސް އަޒްމިރަލްދާ ޒާހިރު އަދި ޖަސްޓިސް މަހާޒު ޢަލީ ޒާހިރުގެ މައްޗަށް އިޝާރާތް ކުރައްވާފައެވެ. އެގޮތުން، ޖަސްޓިސް އަޒްމިރަލްދާ ޒާހިރާއި ޖަސްޓިސް މަހާޒު ޢަލީ ޒާހިރު މަޤާމުން ވަކިކޮށްފައިވަނީ ކަނޑައެޅިގެން ބޭއިންސާފުންކަން މިއަދު ސާބިތުވެ ހާމަވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފަހުގެ ތާރީޚަށް ބަލާއިރު، ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލަތަކާއި އެކި ކަހަލަ ތުހުމަތުތައް އުފުލައި، މަޤާމުން ވަކިކުރުމުގެ ސިލްސިލާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ޚާއްޞަކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް ފަނޑިޔާރުންގެ މައްސަލަތައް ބަލައި ނިންމުމުގައި ސިޔާސީ ނުފޫޒު އޮންނަ ކަމަށް އިދިކޮޅު ފަރާތްތަކުންނާއި ޤާނޫނީ މާހިރުން އަބަދުވެސް ތުހުމަތު ކުރެއެވެ.

މި މައްސަލައިގައި ޝާހިދު އިތުރަށް ބާރުއަޅުއްވައި ވިދާޅުވީ، ދަޢުލަތުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ ވަކި ފަރުދަކު ނަމަވެސް، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި "ޑިއު ޕްރޮސެސް" ނުވަތަ ޤާނޫނީ އިޖުރާއާތުތައް ފުރިހަމަކުރުމެއް ނެތި، މީހުން ކުށްވެރިކޮށް އަދަބު ދިނުމުގެ ސަގާފަތް ނައްތާލަން ޖެހޭ ކަމަށެވެ. އަދި އިންސާފު ޤާއިމުކުރުމަކީ ހަމައެކަނި ޝިޢާރަކަށް ނުހަދައި، އަމަލީ ގޮތުން ކޮންމެ ރައްޔިތަކަށްމެ އެ ޙައްޤު ލިބިދޭންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319