
މިރޭ ނަގިލި ކަހާލައިގެން އޮޔާ ދިޔަ އެއް ބޯޓު/ ފޮޓޯ: އަސްލުޓީވީ ރިލްވާން
މާލެ ކައިރިން ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިފި!

އާމިނަތު ޝަޒްލާ - 10 ސެޕްޓެމްބަރު 2026 - 18:44
މާލެ ކައިރިން ބޮޑު ބޯޓެއް ކޮންޓްރޯލެއް ނެތި އޮޔާދާތީ، ކަމާގުޅޭ ސަލާމަތީ އިދާރާތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްގެ މީޑިޔާ ކޯޑިނޭޓަރ މިރޭ އަސްލު ޓީވީ އަށް ވިދާޅުވީ މާލެ ސަރަހައްދުގައި ބޯޓެއް އޮޔާދާތީވެ އެމްއެންޑީއެފްގެ ސިފައިން އެ ސަރަހައްދުަގއި ހަރަކާތްތެރިވަމުން އަންނަ ،ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 22:00 ހާއިރު ކަމަށާއި، ހާދިސާޖގެ މައުލޫމާތު ލިބުމާއެކު ސިފައިން މި ކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ އަކީ މިރޭ ގަދަ ވަޔާއެކު ނަގިލި ކަހާލައިގެން އޮޔާދިޔަ ދެ ބޯޓުގެ ތެރެއިން އެއްބޯޓެވެ. އަނެއް ބޯޓު ވަނީ މިރޭ ސިނަމާލެ ބުރިޖުގެ ތަނބަކަށް އުރިފަ އެވެ. އަދި އެ ބޯޓު ބުރިޖުގެ ތަނބުން ނެއްޓި ފަހުން ވަނީ މާލޭގެ ތޮށިގަނޑަށް ލައްވެފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައިވާ ކަމެއް އަދި ނުވާ ކަމެއްވެސް ސާފެއް ނުވެ އެވެ. މިހާދިސާގައި ބޯޓަށް ލިބިފައިވަނީ ވެސް ކިހާވަރެއްގެ ގެެއްލުމެއް ކަމެއް އަދި އޮޔާ ދަމުން އަންނަ ބޯޓުގައި ބަޔަކު ތިބި ކަމެއްވެސް ނެތް ކަމެއް ވެސް ސާފެއް ނުވެ އެވެ.
އެމްއެންޑީއެފް އިން "އަސްލުޓީވީ" އަށް މިރޭ ވިދާޅުވީ މި ހާދިސާގެ ފުރިހަމަ މައުލޫމާތު ލިބުމާއެކު މީޑިޔާ ގުރޫޕުގައި ހިއްސާ ކުރައްވާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މާލީ މުސްތަޤްބަލާއި ޕެންޝަނަށް ޒުވާނުން އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
22 މިނިޓު ކުރިން

ސިނަމާލެ ބްރިޖަށް ގެއްލުމެއް ލިބިފައިވޭތޯ ބަލަނީ
ގަޑިއިރެއް ކުރިން

ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ ޢިލްމު އުނގެނުމުގައި ދެމިތިބުމަށް، ނައިބު ރައީސްގެ އިލްތިމާސް!
ގަޑިއިރެއް ކުރިން

ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެވަޑައިގަންނަވަނީ
2 ގަޑިއިރު ކުރިން


