
ވިއެޓްޖެޓް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެ

މުޙައްމަދު ފަޟްލޫން - 07 އޮކްޓޯބަރު 2026 - 11:38
ވިއެޓްނާމުގެ ބަޖެޓް އެއާލައިން، ވިއެޓްޖެޓުން ރާއްޖެއަށް މުޅިން އަލަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު، މި ދަތުރުތަކާ ގުޅުވައިގެން ޚާއްޞަ ޕްރޮމޯޝަނަލް އަގުތަކެއް ތަޢާރަފުކޮށްފިއެވެ.
އޮކްޓޫބަރު މަހުގެ 8 އިން 10 އަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން، ޓެކުހާއި ފީތައް ނުހިމަނައި ގިނަ ޢަދަދެއްގެ އިކޮނޮމީ ކްލާހުގެ ޓިކެޓު ހާއްސަ އަގުތަކެއްގައި ލިބެން ހުންނާނެއެވެ.
މީގެ އިތުރުން، ޑީލަކްސް ކްލާހުގެ ޓިކެޓުތަކުން %20 ގެ ޑިސްކައުންޓެއް ދިނުމަށް ވެސް އެ އެއާލައިނުން ވަނީ ނިންމާފައެވެ.
މިހާރު ޓިކެޓު ވިއްކަން ފަށާފައިވާ މި ދަތުރުތައް ކުރިއަށްދާނީ ވިއެޓްނާމުގެ ހޯ ޗީ މިން ސިޓީ އާއި ރާއްޖެއާ ދެމެދުގައެވެ.
ހަފުތާއަކު ތިން ދުވަހު (އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު) ޝެޑިއުލް ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ވިއެޓްނާމާއި އެ ސަރަޙައްދުގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވިއެޓްޖެޓުން ފާހަގަކުރެއެވެ.
ރާއްޖޭގެ އިތުރުން ވެސް ދުނިޔޭގެ މުހިންމު ބައެއް މަންޒިލްތަކަށް ވިއެޓްޖެޓުން ވަނީ އައު ދަތުރުތައް އިޢުލާނުކޮށްފައެވެ. އޭގެ ތެރޭގައި ހަނޯއީ އިން ކަޒަކިސްތާނުގެ އަލްމަޓީ އަދި ޗެކް ރިޕަބްލިކްގެ ޕްރާގަށް ކުރާ ދަތުރުތަކުގެ އިތުރުން، ހޯ ޗީ މިން ސިޓީ އިން ފިލިޕީންސްގެ އެންޖެލިސް ކްލާކް އަދި ތައިލެންޑުގެ ޗިއަންގް މައިއަށް ކުރާ ދަތުރުތައް ހިމެނެއެވެ.
މި އައު ރޫޓުތަކުގެ ސަބަބުން، ޔޫރަޕުގެ ތާރީޚީ ސިޓީތަކަށާއި އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ މަޤްބޫލު މަންޒިލްތަކަށް އެކަށީގެންވާ އަގުތަކެއްގައި ދަތުރުކުރުމުގެ ފުރުޞަތު ދަތުރުވެރިންނަށް ފަހިވެގެންދާނެ ކަމަށް އެ އެއާލައިނުން މަޢުލޫމާތުދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޝިރަންތީ ރާޖަޕަކްސާ ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ބެންކޮކުން ދިވެހިންތަކެއް ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ދާއިރާއިން އެހީފޯރުކޮށްދޭން އެއްބަސްވުމެއް ގާއިމްކޮށްފި
8 ގަޑިއިރު ކުރިން

ކާބޯތަކެތީގެ ބަންދުކުރުމާއި ބެހޭ ގަވާއިދަށް އަހުލުވެރިކުރުވަން ޝެޝަން އެއް ކުރިއަށްގެންގޮސްފި
11 ގަޑިއިރު ކުރިން


