logo

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 93 މީހުން ޝަހީދުކޮށްލައިފި، އޭގެތެރޭގައި އިންސާނީ އެހީ ހޯދަން ގޮސްތިއްބައި ބަޑިޖަހައި ޝަހީދުކޮށްލި 30 މީހަކު ހިމެނޭ

profile

ސައިފް އަޒުހަރު - 17 ޖުލައި 2025 - 05:22

އިސްތިއުމާރީ ޓެރަރިސްޓުން ހަމަލާދީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 93 އަށް އަރައިފިއެވެ.

https://wamco.com.mv/

ޝަހީދުކޮށްލާފައިވާ 93 މީހުންގެ ތެރޭގައި، އިންސާނީ އެހީ ހޯދަން ގޮސްތިއްބައި ބަޑިޖަހައި ޝަހީދުކޮށްލާފައިވާ 30 މީހަކުވެސް ހިމެނެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ރޭގައިވެސް ޣައްޒާގެ އެކި ރަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީ، އެތައް ބަޔަކު ޝަހީދުކޮށްލާފައި ވާއިރު، މިއަދުވެސް ފަތިހުން ފެށިގެން ޣައްޒާގެ އެކި ހިސާބުތަކަށް ވައިގެމަގުންނާއި، އެއްގަމުމަގުން ހަމަލާތައް ދެމުން އެބަ ގެންދެއެވެ.

ރޭގައި ހަމަލާދިން ތަންތަނުގެ ތެރޭގައި، ޣައްޒާގެ މެދުތެރޭ ދީރުލް ބަލާހްގައި އާންމުން ހިމާޔަތް ހޯދައިގެން ތިބި ސްކޫލެއްވެސް ހިމެނެއެވެ. މި ހަމަލާގައި ހަތަރު މީހުން ޝަހީދުވެ އެތައްބަޔަކު ޒަޚަމްވިއެވެ.

ޓެރަރިސްޓުން ހަމަލާދިން އަބޫ ހަލޫ ސްކޫލަކީ، ބުރެއިޖް ރެފިއުޖީ ކޭމްޕްގައި ހުންނަ ސްކޫލެކެވެ. އެތަނުގެ ގޯތި ތެރޭގައި ޖަހާފައިވާ އެތައް ޓެންޓެއްގައި އަލިފާން ރޯވެ އަނދާފައި ވެއެވެ.

މިއަދު އެންމެ ވަރުގަދައަށް ހަމަލާތައް ދެމުންގެންދަނީ ޣައްޒާގެ އުތުރުން ގާޒާ ސިޓީއަށެވެ. ގާޒާ ސިޓީއަށް ވައިގެ ހަމަލާތައް ދެމުން ގެންދާއިރު، އެއްގަމުން ބޮޑުބަޑީގެ ހަމަލާތައްވެސް ދެމުން އެބަ ގެންދެއެވެ.

ގާޒާ ސިޓީގައި ހުންނަ އިމާމް ޝާފިއީ ސްކޫލް ކައިރީގައި ހުރި އެޕާޓްމަންޓަކަށް ބޮންއެޅުމުގެ ސަބަބުން 3 މީހުން ޝަހީދުވެ އެތައްބަޔަކު ޒަޚަމްވިއެވެ.

ޣައްޒާގެ އުތުރުގެ އިތުރުން، ޣައްޒާގެ ދެކުނުން ޚާން ޔޫނިސްއަށްވެސް ޓެރަރިސްޓުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.

https://wamco.com.mv/
https://www.aslu.com.mv