logo
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރު

ޑިމާންޑާ އެއްވަރަަށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ސްޓެލްކޯއިން އަންނަނީ ކުރަމުން: އަޒުވަރު

profile

މުޙައްމަދު ފަޟްލޫން - 28 މޭ 2026 - 09:33

މާލެ ސަރަހައްދުގައި ދެމުންދާ ކަރަންޓުގެ ހިދުމަތް ޑިމާންޑާ އެއްވަރަށް، އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ އަލީ އަޒުވަރު ވިދާޅުވީ، މާލެ ސަރަހައްދާއި އެ ކުންފުނިން ޚިދުމަތްދޭ އެހެނިހެން ރަށްތަކުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން މިހާރު 222 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި މި ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ތަރައްގީގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސްޓެލްކޯއިން މިހާރު ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން، މާލެ ކައިރި ހަތަރު އަތޮޅެއްގެ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ދެމުންގެންދާ ކަމަށް ޑރ. އަޒުވަރު ވިދާޅުވިއެވެ. އަދި ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ބަލަހައްޓައި، އެ ޚިދުމަތްތައްވެސް އެ ކުންފުނިން ފޯރުކޮށްދެމުންދާކަން އޭނާ ބަޔާންކުރެއްވިއެވެ.

މާލެ ސަރަހައްދަކީ ކަރަންޓުގެ ބޭނުންކުރުން ނުވަތަ ލޯޑު އާދަޔާޚިލާފަށް އިތުރުވަމުންދާ ސަރަހައްދެއްކަން ފާހަގަކުރައްވަމުން، އިމާރާތްތައް އުސްވެ، އާބާދީ އިތުރުވަމުންދާ ދިއުމާއެކު ކޮންމެ އަހަރަކުވެސް ކަރަންޓުގެ ޑިމާންޑް މަތިވަމުންދާކަމަށް ޑރ. އަޒުވަރު ވިދާޅުވިއެވެ. އެހެންކަމުން، އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމަށްޓަކައި، ކޮންމެ އަހަރަކުވެސް ދުރާލާ ރޭވުންތައް ރާވައި، ތައްޔާރުވާންޖެހޭކަން އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk