logo

ހިމަބިހިން ރައްކާތެރިވުމަށް އެމްއާރު ވެކްސިން ދޭން ފަށައިފި

profile

އާމިނަތު ޝަޒްލާ - 28 ޖޫން 2026 - 06:31

ދިވެހިރާއްޖޭގައި ހިމަބިހި (މީސަލްސް) ފެތުރުން ހުއްޓުވުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އާންމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުމުގެ ބޮޑު މަޝްރޫއެއް ފަށައިފިއެވެ.

https://wamco.com.mv/

މިއަހަރުގެ މޭ މަހުން ފެށިގެން ރާއްޖޭގައި ހިމަބިހީގެ ކޭސްތަކެއް ފެންނަން ފަށާފައިވާއިރު، އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ޖުމްލަ 22 މީހަކަށް މި ބަލި ޖެހިފައިވެއެވެ. އޭގެ ތެރެއިން ދެ ކޭސް ފެނިފައިވަނީ ވޭތުވެދިޔަ ހަފްތާގެ ތެރޭގައެވެ. ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމަކަށް ވީނަމަވެސް، އަލުން މި ބަލި ފެންނަން ފެށުމާ ގުޅިގެން އެޗް.ޕީ.އޭ އިން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެޗް.ޕީ.އޭ އިން ހާމަކުރެއްވި ގޮތުގައި، ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިންނެވެ. މި ބަލި ޖެހުނު މީހުންނާ ބައްދަލުވި (ކޮންޓެކްޓްވި) 543 މީހަކު ދެނެގަނެވިފައިވާއިރު، އޭގެ ތެރެއިން 173 މީހަކު މިހާރުވެސް ދަނީ މޮނިޓަރު ކުރަމުންނެވެ.

މިހާރު ފަށާފައިވާ އެމް.އާރް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ ޖޫން 28 އިން 30 އަށް ފުރަތަމަ މަރުހަލާގައި ވެކްސިން ދެވޭނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ ކުދިންނަށެވެ. ޖޫން 30 އިން ފެށިގެން ދެވަނަ މަރުހަލާ އަމާޒުކޮށްފައިވަނީ 30 އަހަރުން ދަށުގެ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށެވެ. ތިންވަނަ މަރުހަލާގައި 49 އަހަރުން ދަށުގެ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މާލޭ ސަރަހައްދުގައި ވެކްސިން ޖަހައިދޭނެ ތަންތަނާއި ގަޑިތައް އެޗް.ޕީ.އޭ ގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކޮށްފައިވާއިރު، އަތޮޅުތެރޭގައި މި ހިދުމަތް ދޭނެ ގަޑިތައް އެ ރަށެއްގެ ސިއްހީ މަރުކަޒުން ނުވަތަ ހޮސްޕިޓަލުން އިއުލާނު ކުރާނެއެވެ.

ބަލިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ބަލިޖެހުނު މީހުންނާ ކޮންޓެކްޓްވި މީހުންގެ ތެރެއިން 220 މީހަކަށް މިހާރު ވަނީ ވެކްސިން ދީފައެވެ. އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ 1,537 ސިއްހީ ހިދުމަތްތެރިންވެސް ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk