logo

ޗެންގްޑޫ ފްލައިޓުން 180 ޓޫރިސްޓުން އަތުވެއްޖެ

profile

މުޙައްމަދު ހަފީޒް - 23 ޖެނުއަރީ 2025 - 07:50

މޯލްޑިވިއަން އިން އަލަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓުގައި ޗައިނާގެ ޗެންގްޑޫއިން ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި 180 ޓޫރިސްޓުން ރާއްޖެ އަތުވެއްޖެއެވެ.

https://wamco.com.mv/

މިއަދު ހެނދުނު ރާއްޖެ އައި އެ ފްލައިޓުން ޖުމްލަ 192 ފަސިންޖަރުން އައެވެ. އެއީ އެ ބޯޓުގެ ޖުމްލަ ކެޕޭސިޓީގެ 70 ޕަސެންޓެވެ.

އެއާބަސް އޭ330 ބޯޓުން 260 މީހުން އުފުލޭއިރު، ބިޒްނަސް އާއި ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސްއަށް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރު ރާސްތާގެ ދަތުރުތައް ކުރެވޭނެ ކަމަށް މޯލްޑިވިއަން ބުނެއެވެ.

View post on Twitter

މޯލްޑިވިއަން އިން ބުނީ މިއަދު ހެނދުނު އައި އެ އެ ފްލައިޓުން 10 ޓަނުގެ ކާގޯ ވެސް ގެނެސްފައިވާ ކަމަށެވެ.

ޗެންގްޑޫގެ އިތުރުން ޗައިނާގެ ބެއިޖިން އާއި ޝަންހާއީއަށް ވެސް އެ ފްލައިޓުން ދަތުރުކުރަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ބެއިޖިން އަށް މާދަމާ ދަތުރުތައް ފަށާއިރު ޝެންހާއީ އަށް ދަތުރުތައް ފަށާނީ މިމަހުގެ 27 ގައެވެ.

ޗައިނާގެ ޗެންގްޑޫއަށް 2 ކޮޅު ޓިކެޓުގެ އަގަކީ 688 އެމެރިކާ ޑޮލަރެވެ. ވައިޑް ބޮޑީގެ 2 ވަނަ ދަތުރު ކުރާނީ މިމަހުގެ 24 ވަނަ ދުވަހު ރާއްޖެއިން ޗައިނާގެ ބެއިޖިންގއަށެވެ.

ބެއިޖިންގ 2 ކޮޅު ޓިކެޓުގެ އަގަކީ 788 އެމެރިކާ ޑޮލަރެވެ. އަދި ޗައިނާގެ ޝެންހާއީއަށް ފުރަތަމަ ދަތުރު ކުރާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. ޝެންހާއީ 2 ކޮޅު ޓިކެޓުގެ އަގަކީ 777 އެމެރިކާ ޑޮލަރެވެ.

މޯލްޑިވިއަންގެ އާ މަތިންދާބޯޓު ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

އެއާބަސް އޭ330 މަރުކައިގެ މި ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މި ބޯޓުގައި 18 ބިޒްނަސް ސީޓާއި 36 ޕްރިމިއަމް އިކޮނޮމީ ސީޓާއި 210 އިކޮނޮމީ ސީޓު ހިމެނެއެވެ. މީގެ އިތުރުން، މި ބޯޓުގެ ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay