logo

އުމުރުން ދުވަސްވީ މީހުންގެ އަތުން ފޭރޭ މިންވަރު އިތުރުވަނީ

profile

ޝުރުފާ މުހައްމަދު - 05 އޮކްޓޯބަރު 2024 - 19:30

އުމުރުން ދުވަސްވީ މީހަކު މަޑުކޮށްލައިގެން

އުމުރުން ދުވަސްވީ މީހަކު މަޑުކޮށްލައިގެން

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިކަން ކުރަނީ އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސްގެން ކަމަށެވެ. އަދި މިފަދަ މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ މިންވަރު މިހާރު އިތުރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

މިފަދަ އަމަލުތަކާއި މިފަދަ ކުށްތަކަށް އަރާގަންނަ ފަރާތްތަކާމެދު ސަމާލުވުމަށް، އާންމު ރައްޔިތުންނަށް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް، ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މާލެ ސަރަހައްދުގައި ވައްކަމާއި ފޭރުން އަދި ސްކޭމްގެ މައްސަލަތައް ވެސް އިތުރުވަމުން އަންނާތީ އެކަން ހުއްޓުވުމުގެ މަގްސަދުގައި ފުލުހުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޭމްގެ މައްސަލަތައް ބެލުމަށް ޚާއްސަ ސެންޓަރެއް ގާއިމްކޮށްފައިވާއިރު މިހާރު ކުރަމުން އަންނަނީ އެ ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މީގެ އިތުރަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާލެ ސަރަހައްދުން ކޮންމެ ފަސް މިނެޓަކުން ފުލުހަކު ހުންނާނެ ވަރަށް ފުލުހުން ހަރަކާތްތެރިވާ ވަރު ވެސް ވަނީ އިތުރުކޮށްފަ އެވެ.


https://int.etukuri.mv/
tel:+9607331319