logo
އީރާންގެ ތެހެރާން

އީރާންގެ ތެހެރާން

ޖާސޫސު ކުރާތީ އީރާނުން ބަޔަކު ހައްޔަރުކޮށްފި

profile

ރިޟްވާން މޫސާ - 11 މާރިޗު 2026 - 07:58

އެމެރިކާ އާއި އިޒްރޭލަށް ޖާސޫސް ކޮށްދޭ ކަމުގެ ތުހުމަތުގައި ބިދޭސީއަކާއެކު އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ބުނެފިއެވެ.

https://wamco.com.mv/

ޖުމްލަ 81 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި އެމެރިކާ އާއި އިޒްރޭލަށް މަސައްކަތްކުރާ 30 ޖާސޫސުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި، އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީ އާއި އަސްކަރީ އިސް ކޮމާންޑަރުންތަކެއް ވަނީ އަވަހާރަކޮށްލާފައެވެ.

މަޝްރަހު ދިރާސާ ކުރާ ގިނަ ފަރާތްތަކުން ވެސް ބުނެފައި ވަނީ ހާމަނާއީ އަވަހާރަކޮށްލުމުގައި އީރާނުގެ ތެރޭގައި ޖާސޫސް ކުރާ ބައެއްގެ އަތެއްވާ ކަމަށެވެ.

އީރާނުގެ ރައްދު ހަމަލާތަކުގައި ބަދަލުހިފުމުގެ ގޮތުން، އީރާނުން ދަނީ އިޒްރޭލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ގަލްފުގެ ބައެއް ގައުމުތަކަށް ހަމަލާދެމުންނެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހައްޔަރުކުރި ބިދޭސީ މީހާގެ ގައުމު ހާމަނުކުރި ނަމަވެސް، އޭނާ އަކީ ގަލްފުގެ ދެ ގައުމެއް މެދުވެރިކޮށް އެމެރިކާ އާއި އިޒްރޭލަށް ޖާސޫސްކޮށްދެމުންދިޔަ މީހެއް ކަމަށް އިންޓެލިޖެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެމެރިކާ އާއި އިޒްރޭލަށް މަސައްކަތްކޮށްދޭ 30 ޖާސޫސުންނާއި އޭޖެންޓުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk