
--
ރާއްޖޭގައި އެކަނިވެރިމައިން ގިނަ، އެމީހުންގެ އެލަވަންސް ބޮޑުކުރަން ޖެހޭ - އެޗްއާރުސީއެމް

އަހުމަދު ޒަލީފު - 01 ޑިސެމްބަރު 2023 - 09:39
ދަރިން އެކަނި ގެންގުޅެމުންދާ މައިންނަށް ސަރުކާރުންދޭ އެލެވެންސް ބޮޑުކުރަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އެޗްއާރުސީއެމުން ބުނެފިއެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު 25 ވަނަ ދުވަހަކީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ ދުވަހެކެވެ. މި ދުވަހާއި ގުޅިގެން ސަންގުގެ “ފުރަމެންދުރު” ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އެޗްއާރުސީއެމުގެ ފަރާތުން ނުހާ މުހައްމަދު ރަޝީދު ވިދާޅުވީ ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެއް އަންހެނަކީ އަނިޔާ ލިބޭ އަންހެނެއްކަމަށާއި، މިހެންކަމުން އަންހެނުނަަށް ދިމާވާ ގޮންޖެހުންތަކުން ސަލާމަތް ކުރުމުގައި ދެމި ތިބެން ޖެހޭ ކަމަށެވެ.
އަންހެނުންގެ ހައްގުތަކާއި ގުޅޭގޮތުން އެޗްއާރުސީއެމުން ވާހަކަ ދައްކާފައިވާއިރު، އެކަނިވެރިމައިންނާއި ބަފައިންނަށް އަދި ކުދިން ބަލަހައްޓަން ސަރުކާރުން މިހާރު ދޭ އެލަވަންސްއަކީ އެކަށީގެންވާވަރަށް ދެވޭ އެލަވެންސެއް ނޫން ކަމަށާއި، އެެއްވެސްކަމެއް ކުރެވޭ ވަރުގެ އެލަވަންސެއް ނޫން ކަމަށް މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ރިޔާސީ ކެމްޕެއިނުގައި އެމަނިކުފާނުގެ ވިދާޅުވީ ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް ތިން ހާސް ރުފިޔާއަށް ބޮޑުކުރާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އިންތިހާބުގެ ނަތީޖާއަށް އިހްތިރާމްކުރަން އެޗްއާރުސީއެމް އިން ގޮވާލައްވައިފި
6 ގަޑިއިރު ކުރިން

ސިޓީތަކުގެ މޭޔަރުގެ ގޮނޑި އެމްޑީޕީ އިން ކާމިޔާބުކޮށްފި
8 ގަޑިއިރު ކުރިން

މިހާތަނަށް ވޯޓްލާފައިވަނީ 62 އިންސައްތަ މީހުން: އީސީ
8 ގަޑިއިރު ކުރިން

ކެންދޫގައި ކުރިއަށްދިޔަ އިއާދަކުރުވަނިވި ހަކަތައިގެ މަޝްރޫއު ނިންމާލައިފި
9 ގަޑިއިރު ކުރިން


.gif&w=3840&q=75)