
އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިން---
ހުރާގައި ހިންގި ހާއްސަ ރެއިޑެއްގައި 43 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ޖިނާން ޙުސައިން ޖަބީން - 25 ނޮވެމްބަރު 2026 - 08:40
ކ. ހުރާގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރަމުންދާ ބިދޭސީން ހޯދުމަށް ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި 43 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކުފޯހުން އިއްޔެ ހެނދުނު 06:00 އިން ހަވީރު 17:00 އަށް އެ ރަށުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 341 ބިދޭސީއަކު ބަލައިފާސްކޮށް، 43 މީހަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ސަރުކާރުން ބުނާ ގޮތުގައި 2023 ވަނަ އަހަރުން ފެށިގެން މިހާތަނަށް 12،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފައެވެ.
އެހެންނަމަވެސް، ވެރިރަށް މާލެއާއި އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ބިދޭސީން އަމިއްލައަށް ވިޔަފާރިތައް ހިންގަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭތީ އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

1،628 ފަތުރުވެރިންނާއެކު ރާއްޖެއަށް ޒިޔާރަތްކުރި ކްރޫޒްލައިނަރަކަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފި
7 ގަޑިއިރު ކުރިން

ޕާސްޕޯޓް ނިމިފައިވާނަމަ ލަސްނުކޮށް ހަވާލްވާން އިމިގްރޭޝަނުން އެދިއްޖެ
9 ދުވަސް ކުރިން

ސަރުކާރު ބަންދުވި ނަމަވެސް ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ : އިމިގްރޭޝަން
14 ދުވަސް ކުރިން

ރާއްޖޭން ބަންގްލަދޭޝްއަށް ދިޔަ ދެ މީހެއްގެ ހަށިގަނޑުން 5 މިލިއަނުގެ ރަން އަތުލައިގެންފި
މަހެއް ކުރިން


