logo
އިމިގްރޭޝަންގެ މުވައްޒަފަކު ޕާސްޕޯޓް ދޫކުރުމުގެ މަސައްކަތް ކުރަނީ

އިމިގްރޭޝަންގެ މުވައްޒަފަކު ޕާސްޕޯޓް ދޫކުރުމުގެ މަސައްކަތް ކުރަނީ

ސަރުކާރު ބަންދުވި ނަމަވެސް ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ : އިމިގްރޭޝަން

profile

މުޙައްމަދު ފަޟްލޫން - 11 ނޮވެމްބަރު 2026 - 06:38

ސަރުކާރު ބަންދުވި ނަމަވެސް މިއަދާ މާދަމާ ޕާސްޕޯޓްގެ ހިދުމަތް ދޭން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.

https://wamco.com.mv/

އިމިގްރޭޝަނުން އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ޖުމްހޫރީ ދުވަހާއި ގުޅިގެން ސަރުކާރު ބަންދުވި ނަމަވެސް މިއަދާ މާދަމާ އިމިގްރޭޝަންގެ އޮފީސްތަކުން ޕާސްޕޯޓާއިބެހޭ ހިދުމަތްތައް ކަނޑައެޅިފައިވާ ވަގުތުތަކުގައި ކުރިއަށްދާނެ ކަމަށެވެ.

މާލެ އާއި ހުޅުމާލެ އާއި އައްޑޫ ސިޓީގައި ހުންނަ އިމިގްރޭޝަންގެ އޮފީހުން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވާ އިރު އިމިގްރޭޝަންގެ އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދެވޭނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އިމިގްރޭޝަންގެ މާލެ އޮފީހުން ޕާސްޕޯޓާ ހަވާލުވުމަށް ހެނދުނު 9:00 އިން މެންދުރުފަހު 16:00 އަށް، ހުޅުމާލޭގެ އޮފީސްތަކުން ހެނދުނު 08:30 އިން މެންދުރުފަހު 16:00 އަށް، އަދި އައްޑޫ އޮފީހުން ހެނދުނު 08:30 އިން ހަވީރު 17:00 އަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މެޑިކަލް އެމަރޖަންސީ ފަދަ ކުއްލި ހާލަތްތަކުގައި 9555333 އަށް ގުޅައިގެން ޚިދުމަތް ހޯދޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މާލެ އާއި ރާއްޖެތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އިމިގްރޭޝަނުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319