
ރާއްޖޭގެ އާންމު ސިއްހަތުގެ އަސާސީ މަސްއޫލިއްޔަތުތައް ހަރުދަނާކުރުމަށް މަސައްކަތު ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: އެޗްޕީއޭ
އާންމު ސިއްހަތުގެ އަސާސީ ޒިންމާތައް ހަރުދަނާކުރަން އެޗްޕީއޭއިން ވޯކްޝޮޕެއް ބާއްވައިފި

އާމިނަތު ޝަޒްލާ - 25 ނޮވެމްބަރު 2026 - 09:38
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ފަންނީ އެހީތެރިކަމާއެކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އިންތިޒާމުކުރި "އާންމު ސިއްހަތުގެ އަސާސީ މަސްއޫލިއްޔަތުތަކާ" (އީ.ޕީ.އެޗް.އެފް) ގުޅޭ ގައުމީ މަސައްކަތު ބައްދަލުވުން ކާމިޔާބުކަމާއެކު ބާއްވައި ނިންމާލައިފިއެވެ.
މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 23 އިން 24 ގެ ނިޔަލަށެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ސިއްހީ ދާއިރާއާ ގުޅުންހުރި އެކި މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި ފަންނީ މާހިރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެޗް.ޕީ.އޭ އިން މައުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކަމާގުޅުންހުރި އެންމެހައި މުއައްސަސާތައް ގުޅިގެން، ރާއްޖޭގެ އާންމު ސިއްހަތުގެ ދާއިރާގައި މިހާރު ހުރި ގާބިލުކަން ވަޒަންކުރުމެވެ. މީގެއިތުރުން، މި ދާއިރާއިން އިސްލާހުކުރަންޖެހޭ މުހިންމު ކަންކަން ދެނެގަނެ، އެކަންކަމަށް ރިއާޔަތްކޮށް ފުރިހަމަ ގައުމީ އިސްތިރާތީޖީއެއް (ނޭޝަނަލް ސްޓްރެޓެޖީ) އެކުލަވާލުމަށްޓަކައި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ މެދު މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
މި މަސައްކަތު ބައްދަލުވުމަކީ ރާއްޖޭގައި ހަރުދަނާ، ދެމެހެއްޓެނިވި އަދި ކުއްލި ހާލަތްތަކުގައި ހަލުވިކަމާއެކު އިޖާބަދޭފަދަ އާންމު ސިއްހަތުގެ ނިޒާމެއް ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެޗް.ޕީ.އޭ އިން ފާހަގަކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ކޫރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
2 ގަޑިއިރު ކުރިން

ވ. ތިނަދޫގައި އެއްޖިންސުން ކައިވެނިކޮށްދިން މައްސަލައެއް ބަލަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފި
2 ގަޑިއިރު ކުރިން

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހަގީގަތް ދެނެގަތުމަށް ބޮޑު ސާރވޭއެއް ފަށަނީ
4 ގަޑިއިރު ކުރިން
.jpg&w=3840&q=75)
އެއް ޖިންސުން ކައިވެނިކުރާ މައްސަލަ ހުއްޓުވަން ކުރާ މަސައްކަތެއް ނުފެނޭ: ޒަމްޒަމް ފާރިޝް
4 ގަޑިއިރު ކުރިން


