.jpg&w=3840&q=75)
ދީނީ ޢިލްމުވެރިޔާ ޝައިޚް ޒަމްޒަމް ފާރިޝް, ފޮޓޯ: ސޯޝަލް މީޑިއާ
އެއް ޖިންސުން ކައިވެނިކުރާ މައްސަލަ ހުއްޓުވަން ކުރާ މަސައްކަތެއް ނުފެނޭ: ޒަމްޒަމް ފާރިޝް

އާމިނަތު ޝަޒްލާ - 25 ނޮވެމްބަރު 2026 - 09:38
ރާއްޖޭގައި އެއް ޖިންސުން ކައިވެނިކުރާ މައްސަލަތައް އިތުރުވަމުންދާއިރު، އެކަން ހުއްޓުވުމަށް ކަމާ ބެހޭ އެއްވެސް މުއައްސަސާއަކުން އެކަށީގެންވާ މަސައްކަތެއް ކުރަމުންދާ ތަން ނުފެންނަ ކަމަށް ވިދާޅުވެ ދީނީ ޢިލްމުވެރިޔާ ޝައިޚް ޒަމްޒަމް ފާރިޝް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝައިޚް ޒަމްޒަމް ފާރިޝް މިކަން ހާމަކުރައްވާފައިވަނީ މީސްމީޑިއާ މަންސަ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވީ، އިސްލާމީ މުޖުތަމަޢަކަށް ނުހަނު ބޮޑަށް ހުތުރުވެގެންވާ މިފަދަ ފާޙިޝް އަމަލުތައް ހުއްޓުވުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކުން އެއްވެސް ފިޔަވަޅެއް އަޅަމުންދާ މަންޒަރު ނުފެންނަ ކަމަށެވެ. އަދި މިފަދަ ކަންކަމާ ގުޅިގެން ޢާންމު ރައްޔިތުންގެ ކަންބޮޑުވުމާއި ނުރުހުން އިންތިހާއަށް ބޮޑުވެގެން ދިއުމުން، އެކަން "ހިހޫކޮށްލުމުގެ" ބޭނުމުގައި ފަނޑު ހިޔަންޏެއް ފަދަ ބަޔާނެއް ނެރެލުމަކުން އެކަންކަމަށް ހައްލެއް ނުލިބޭނެ ކަމަށާއި، އެއީ ފުދޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި މައްސަލަތަކާ މެދު ސަރުކާރުގެ އިދާރާތަކުން ފިޔަވަޅު ނާޅައި، ކަންކަން ދޫކޮށްލާފައިވާ ގޮތުން ސުވާލު އުފެދޭ ކަމަށް ޝައިޚް ވިދާޅުވިއެވެ. އެގޮތުން، މިހާރު ކަންކަން ދާ މިސްރާބަށް ބަލާއިރު، ދާދިފަހުން ސޮއިކުރި "ސަމޯއާ އެގްރީމެންޓް" އާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނޫންބާއޭ ހިތަށްއަރާ ވަރަށް އިހުސާސްތައް ދަނީ ބަދަލުވަމުން ކަމަށްވެސް ޝައިޚް ޒަމްޒަމް ފާރިޝްގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ.
ރާއްޖޭގައި އެއް ޖިންސުން ކައިވެނި ކުރުމާއި، އެފަދަ ޢަމަލުތައް ފާޅުކަން ބޮޑު ގޮތެއްގައި ކުރުން އިތުރުވަމުންދާ ކަމަށް ބުނެ، ރައްޔިތުންނާއި ދީނީ ޢިލްމުވެރިންގެ ފާޑުކިޔުން ދަނީ ކަމާބެހޭ އިދާރާތަކަށް އަމާޒުވަމުންނެވެ. މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް ޤާނޫނީ ގޮތުން ހަރުދަނާ ފިޔަވަޅު ނޭޅޭ ކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ކޫރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
2 ގަޑިއިރު ކުރިން

ވ. ތިނަދޫގައި އެއްޖިންސުން ކައިވެނިކޮށްދިން މައްސަލައެއް ބަލަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފި
2 ގަޑިއިރު ކުރިން

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހަގީގަތް ދެނެގަތުމަށް ބޮޑު ސާރވޭއެއް ފަށަނީ
4 ގަޑިއިރު ކުރިން

އާންމު ސިއްހަތުގެ އަސާސީ ޒިންމާތައް ހަރުދަނާކުރަން އެޗްޕީއޭއިން ވޯކްޝޮޕެއް ބާއްވައިފި
4 ގަޑިއިރު ކުރިން


