
ބެންފީކާ އާއި ބަޔާން މިޔުނިކް ވާދަކުރި މެޗުގެ ތެރެއިން..
ކުލަބު ވޯލްޑްކަޕް: ބަޔާން މިޔުނިކް ބަލިކޮށް ގުރޫޕްގެ އެއްވަނަ ބެންފީކާ އިން ކަށަވަރުކޮށްފި

ހަސަން ޝަމްއޫން - 25 ޖޫން 2025 - 00:29
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީގައި މިރޭ ކުޅުނު މެޗުގައި ޖަރުމަނުގެ ޗެންޕިއަން ބަޔާން މިޔުނިކް 1-0 ގެ ނަތީޖާއަކުން ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބެންފީކާ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ބަޔާން މިޔުނިކް ކުޅުނު ފުރަތަމަ މެޗުގައި އޮކްލޭންޑްސިޓީ އަތުން 10-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެގައިވާއިރު ދެވަނަ މެޗުގައި ބޮކާ ޖޫނިއަރސް އަތުން އެޓީމު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
ބެންފީކާ އިން ގުރޫޕް ސްޓޭޖުގައި ފުރަތަމަ މެޗުގައި ބޮކާ ޖޫނިއަރސް އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 6-0 ގެ ނަތީޖާއަކުން އޮކްލޭންޑްސިޓީ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަޔާން މިޔުނިކުންމެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބަޔާން މިޔުނިކުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ބެންފީކާގެ ގޯލާއި އަމާޒުކޮށް އެޓީމަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. އަދި މިހާފުގައި ބެންފީކާ އިން މެޗުގެ ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ފޯވާޑް އަންދްރޭސް ޝްޖެލްޑްރަޕް އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ބެންފީކާ އިން ކައުންޓާ އެޓޭކުތަކުގައި ބަޔާންގެ ގޯލަށް ނުރައްކާކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓިމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ބެންފީކާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ތިން ބަދަލަކާއެކު ބަޔާން މިޔުނިކުން ފެށިއިރު، މިހާފުގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިހާފުގައި އެޓީމުން ވަނީ ބެންފީކާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓިމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ބެންފީކާ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ބެންފީކާއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މިމެޗުން ބަލިވި ބަޔާން މިޔުނިކް ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން އެޓީމަށް ހަ ޕޮއިންޓް ލިބިފައިވާއިރު، މިގުރޫޕްގައި މިރޭ ބޮކާ ޖޫނިއަރސް އާއި އޮކްލޭންޑްސިޓީ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ބަޔާން މިޔުނިކަށް ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބާކީ ހަތަރު މެޗު އޮއްވައި ލިވަޕޫލުން ލީގު ޗެންޕިއަންކަން ކަށަވަރުކޮށްފި
2 މަސް ކުރިން

ފޮރެސްޓް ބަލިކޮށް މެންޗެސްޓާ ސިޓީ އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި
2 މަސް ކުރިން

ރަށުން ބޭރުގައި ޕީއެސްޖީ އިން އާސެނަލް ބަލިކޮށްފި
2 މަސް ކުރިން

ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އަލް ނަސްރު ޗެންޕިއަންސް ލީގުން ކަޓައިފި
2 މަސް ކުރިން