logo

ގާލްސް ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމް ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 25 ޑިސެމްބަރު 2025 - 06:26

ޖެންޑަރ އެކްޝަން ލަރނިންގ ސިސްޓަމް ( ގާލްސް) ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމް ހދ. ހަނިމާދޫގައި ފަށައިފިއެވެ.

https://wamco.com.mv/

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމެންޓް (އިފާޑް)އާއި ދިވެހި ސަރުކާރާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގެ ދަށުން، އުތުރުގެ 3 އަތޮޅެއްގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ' ޖެންޑަރ އެކްޝަން ލަރނިންގ ސިސްޓެމް (ގާލްސް)'ގެ ރިފްރެޝަރ ހދ. ހަނިމާދޫ ގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ރިފްރެޝަރގައި ހއ. އިހަވަންދޫ، ހދ. ނޮޅިވަރަންފަރު، ހދ. ވައިކަރަދޫ، ހދ. ކުމުންދޫ، ށ. ފުނަދޫ އަދި ށ، ކަނޑިތީމްއިން 12 ޗެމްޕިއަންސްއިން ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ސޯޝަން އެންޑް ފެމިލީ ޑިވެލޮޕްމަންޓްއިން 01 ބައިވެރިއަކު ހިމެނެއެވެ.

މޯލްޑިވްސް އެގްރިބިޒިނަސް ޕްރޮގްރާމްގެ ޕްރޮޖެކްޓް އިމްޕްލިމެންޓް ޔުނިޓްގެ މުވައްޒަފުންވެސް ބައިވެރިވެފައިވެއެވެ.

ގާލްސް ރިފްރެޝަރގެ މައިގަނޑު މަޤްސަދަކީ މި ޕްރޮޖެކްޓް ހިންގާ ރަށްތަކުގައި ގާލްސް ކުރިއަށްގެންދާ ފަރާތްތައް ކަމުގައިވާ ޗެމްޕިއަންސް އިން ގާލްސް ގެ ބައިތައް މުތާލިއާ ކުރުމުގެ އިތުރަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް އެކަމުން ކުރިއަށްދާނެ މަގެއްއެކުލަވާލުމެވެ.

ހަމަ އެއާއެކު ގާލްސް އިތުރަށް ފުޅާކުރުމާއި އެކު ޕްރޮޖެކްޓް ނިމިގެންދާއިރު، ގާލްސް ޓްރެއިނިންގ ކުރިއަށް ގެންދިއުމަށް ޕްލޭނެއް އެކަށައެޅުމެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay