logo

ޑިމޮކްރެޓްސްގެ ޓިކެޓުގައި ކައުންސިލް އިންތިހާބަށް ވާދަކުރަން ހުޅުވާލައިފި

profile

އައިޝަތު އިނާޝާ - 18 ޖެނުއަރީ 2026 - 18:40

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ގައި ދަ ޑިމޮކްރެޓްސް އިން ވާދަކުރަން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

https://wamco.com.mv/

އެ ޕާޓީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ޕާޓީގެ އިންޓަރިމް ކޮމިޓީއިން އިލެކްޝަންސް ކޮމިޝަންސްއާ ބައްދަލުކޮށް، ލޯކަލް ކައުންސިލް އިންތިހާބު ގައި ވާދަކުރަން ބޭނުންވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް އެ ޕާޓީން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތާއި ޕާޓީގެ އިދާރާއިން ކުރަންޖެހޭ ކަންކަމާގުޅޭ މަޢުލޫމާތު ހޯދައި، އެކަށީގެންވާ މިންވަރަށް ތައްޔާރުވެވިފައިވާކަމަށެވެ.

އެހެންކަމުން، ކުރިއަށްއޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ދަ ޑިމޮކްރެޓިކްސްގެ މެމްބަރުންނަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

މި އިންތިހާބަށް އެޕްލިކޭޝަން ހުށަހެޅޭނީ މައި ޕޯޓަލް މެދުވެރިކޮށްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ދަ ޑިމޮކްރެޓްސްއަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި، އެ ޕާޓީގެ ލީޑަޝިޕްގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި، އެ ޕާޓީ ދޫކޮށް ދިޔަ މެމްބަރުން އުފެއްދި ޕާޓީއެކެވެ.

ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި، ނަޝީދު ހިމެނޭ ހެން ޑިމޮކްރެޓްސް ގައި އިސްކޮށް އުޅުނު ގިނަ މެމްބަރުން ވަނީ އަލުން އެމްޑީޕީއާ ވަނީ ގުޅިފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay