logo

ދިވެހިން ތިބީ އެމީހުންގެ ވާހަކަ ދައްކަވާނެ ރައީސެއްގެ އިންތިޒާރުގައި: ވަޒީރު އާދަމް ނަސީރު

profile

މަރްޔަމް އުމްނާ އިސްމާޢީލް - 04 ސެޕްޓެމްބަރު 2024 - 13:45

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރު ވާހަކަދައްކަވަނީ

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރު ވާހަކަދައްކަވަނީ

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމާ ހަމަޔަށް ދިވެހިން ތިބީ، އެ މީހުންގެ ވާހަކަ ދައްކަވާނެ ރައީސެއްގެ އިންތިޒާރުގައި ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ދަރުބާރުގޭގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ވަޒީރު ވިދާޅުވީ ދިވެހިންގެ ޒަމާންވީ ރަނގަޅު ސިފަތަކާއި އަމިއްލަ ވަންތަކަމާއި ހުނަރުތައް އިޢާދަކުރުމަށް ރައީސް ވަރަށް އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ދިވެހިން ތިބީ އެމީހުންގެ ވާހަކަ ދައްކަވާނެ ރައީސެއްގެ އިންތިޒާރުގައި ކަމަށެވެ.

"އޭގެތެރެއިން ހަމަ އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، ބައެއް ބޭފުޅުން ވިދާޅުވޭ ދިވެހިންގެ ވާހަކަދައްކަވާނެ ރައީސެއްގެ އިންތިޒާރުގައޭ ތިމަންނަމެން ތިބީ. މިއީ ބޭފުޅަކު ވިދާޅުވި އިބާރާތެއް." ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މިއަދު ފެށިގެންދަނީ ގައުމީ ނިސްބަތުން ވަރަށް އުއްމީދީ މަސައްކަތެއް ކަމަށެވެ.

tel:+9607331319