logo

އީރާނުގެ މުދާ އުފުލާ ބޯޓެއް އެމެރިކާއިން އަނބުރާ ފޮނުވާލައިފި

profile

މުޙައްމަދު ފަޟްލޫން - 16 އޭޕްރީލު 2026 - 08:15

ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، އެ ސަރަހައްދުން ދަތުރުކުރަން މަސައްކަތްކުރި އީރާނުގެ މުދާ އުފުލާ ބޯޓެއް އެމެރިކާގެ އަސްކަރީ މަނަވަރަކުން ހުއްޓުވައި އަނބުރާ ފޮނުވާލާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

އެމެރިކާގެ ގައިޑެޑް މިސައިލް ޑިސްޓްރޯޔަރެއް ކަމަށްވާ ޔޫއެސްއެސް ސްޕްރުއޭންސް އިން އީރާނުގެ ދިދަ ޖަހާފައިވާ މި އުޅަނދު އަނބުރާ ފޮނުވާލާފައިވަނީ، ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުންނެވެ. ސެންޓްކޮމްގެ ބަޔާނުގައިވާ ގޮތުން، މި ބޯޓަކީ އީރާނުގެ ބަންޑަރު އައްބާސް އިން ފުރައިގެން ކަނޑުއޮޅިން ބޭރަށް ނުކުތުމަށް މަސައްކަތްކުރި ބޯޓެކެވެ.

އެމެރިކާގެ އަސްކަރިއްޔާއިން މައުލޫމާތު ދޭ ގޮތުގައި، އެ ބޯޓު ހުއްޓުވުމަށްފަހު މިހާރު ވަނީ އީރާނުގެ އައްސޭރިފަށާ ދިމާލަށް މިސްރާބު ބަދަލުކުރުވާފައެވެ. މިއީ އެ ސަރަހައްދުގައި ހިނގަމުންދާ އަސްކަރީ ހަރަކާތްތަކުގެ ތެރެއިން ހިނގާފައިވާ ހާދިސާއެކެވެ.

ސެންޓްކޮމް އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މީގެ ތިން ދުވަސް ކުރިން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރި ފަހުން، މިއީ އެމެރިކާގެ އަސްކަރިއްޔާއިން ހުއްޓުވައި އަނބުރާ ފޮނުވާލި 10 ވަނަ އުޅަނދެވެ. އަދި ބަންދުކުރި ފަހުން މިހާތަނަށް އެއްވެސް އުޅަނދަކަށް އެ ސަރަހައްދު ހުރަސްކުރުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށްވެސް އެމެރިކާއިން ބުނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk