logo

ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހުގެ އަބު ބޮޑުވެ އެއާލައިންތަކުގެ ޓިކެޓުވެސް މައްޗަށް!

profile

ރިޟްވާން މޫސާ - 11 މާރިޗު 2026 - 07:57

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހުގެ އަގު އުފުލެމުން އަންނައިރު، ބައެއް އެއާލައިންތަކުގެ ޓިކެޓް އަގު ބޮޑުކުރަން ފަށައިފިއެވެ.

https://wamco.com.mv/

އެގޮތުން އޮސްޓްރޭލިއާގެ ކަންޓަސް އެއާވޭސް، ސްކެންޑިނޭވިއާގެ ސާސް އަދި އެއާ ނިއުޒީލެންޑުންވެސް ވަނީ ޓިކެޓް އަގު ބޮޑުކޮށްފައެވެ.

އީރާނަށް ހަމަލާ ދިނުމުގެ ކުރިން ޖެޓް ފިއުލް ފީފާއެއްގެ އަގު ގާތްގަނޑަކަށް 85 ޑޮލަރާއި 90 ޑޮލަރާ ދެމެދުގެ އަގަކަށް ހުރިއިރު، މިހާރު ވަނީ 150 ޑޮލަރާއި 200 ޑޮލަރާ ދެމެދުގެ އަދަދަކަށް އުފުލިފައެވެ.

ތެޔޮ ހިމާޔަތްކުރާ ބައެއް އެއާލައިން ތަކުގެ ތެރޭގައި ލުފްތަންސާ އާއި ރަޔަންއެއާ ހިމެނޭ ގޮތަށް އޭޝިއާ އާއި ޔޫރަޕްގެ ބައެއް އެއާލައިންތައްވެސް ހިމެނެ އެވެ.

އެއާ ނިއުޒީލެންޑުން ބުނީ ޑޮމެސްޓިކް ރޫޓުތަކުގައި އެއްކޮޅު ޓިކެޓެއްގެ އަގަށް ހަ ޑޮލަރު އިތުރުކޮށްފައިވާ ކަމަށާއި ކުރު ދަތުރުތަކަށް 12 ޑޮލަރު އަދި ދިގު ދަތުރުތަކަށް 53 ޑޮލަރު އިތުރުކޮށްފައިވާ ކަމަށެވެ.

ހޮންކޮންގް އެއާލައިންސްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ބުރާސްފަތި ދުވަހުން ފެށިގެން ފިއުލް ސާޗާޖު 35.2 ޕަސެންޓާ ހަމައަށް ބޮޑުކުރާނެ ކަމަށާއި އެންމެ ބޮޑަށް އިތުރުކޮށްފައި ވާނީ ހޮންކޮންގް އާއި ދިވެހިރާއްޖެ، ބަންގްލަދޭޝް އަދި ނޭޕާލާ ދެމެދު ކުރާ ދަތުރުތައް ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk